ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން އަންދާޒާ ކުރި މިންވަރަށް ބަލި ނުފެތުރުމަކީ، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ރައީސް

އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ވަނީ މިރޭ ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައި/ ފޮޓޯ: އެންއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން އަންދާޒާ ކުރި މިންވަރަށް ބަލި ނުފެތުރުމަކީ، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލޮކްޑައުންގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ ލޮކްޑައުންއަށް ލުއިތަކެއް ގެނެވޭނެކަމުގެ އިޝާރާތެއް މީގެ ކުރިން ވެސް އޮތީ ލިބިފައެވެ. މިހާރު ތަންފީޒު ކުރަމުންދާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބަލީގެ ނުރައްކާ ނެތް ރަށްތައް އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށެވެ. އަދި އެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ އިތުރުން ވިޔަފާރި ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ފާއިތުވީ މަހެއް ހާ ދުވަހުގެ ތެރޭގައި އެއްހާސް މީހުންނަށް ބަލި ޖެހިފައިވާއިރު ބަލި ފެތުރިދާނެކަމަށް ބެލެވުނު މިންވަރަށް ބަލި ނުފެތުރޭ ކަމަށެވެ. އަދި މާތްﷲގެ ވާގިފުޅާއި އެކު ރާއްޖޭގައި ބައްޔާއި ދެކޮޅަށް ފިޔަވަޅު އަޅަނީ ސިއްހީ ދާއިރާގެ މީހުންދޭ އިރުޝާދުތަކަށް ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ މާލެ ސަރަހައްދު ލޮކްޑައުންކޮށް އާއްމު ހަރަކާތްތަކާއި ދަތުރުތައް ހުއްޓުމަކަށް ގެނައުންކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، ބައްޔަށް ޕޮޒިޓިވްވާ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖުކޮށް 36 ކޮންޓެކްޓު ފާހަގަކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު ފާހަގަކުރެވޭ އަދަދުތައް ހުންނަނީ 7 ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ލޮކްޑައުންގެ ތެރޭގައި އާއްމުންނަށް ގިނަ ދަތިތަކަކާއި ދިމާވި ކަމަށެވެ. އެގޮތުން ކުޑަ ދުވަސްކޮޅަކަށް މާލެ އައުމަށްފަހު މާލޭގައި ތާށިވުމާއި، ރިސޯޓު މުވައްޒަފުން ކަރަންޓީނުގެ މުއްދަތު ހަމަކޮށް މާލެ އައިސް ލޮކްޑައުންއާ އެކު މާލޭގައި ތާށިވީ މީހުން ހިމެނޭ ކަމަށެވެ.

ރާއްޖޭން ބޭރުގެ ބޭސްފަރުވާ ހަމަޖެހި ބޭސްފަރުވާ ފުރިހަމަ ނުކުރެވޭ އެތައް ދިވެހިންނެއް ތިބިއިރު ރައީސް ވަނީ ބޭރުގެ އެކި ގައުމުތަކުގައި ދިވެހިންތައް ރާއްޖެ ނާދެވި ތާށިވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވި ކޮވިޑާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށްޓަކާ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެވުނުކަމަށް ވިދާޅުވިއެވެ.

”ކޮވިޑް-19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި“ ރައީސް ސޯލިހް

ރައީސް ވިދާޅުވީ އެއްވެސް ގޯހެއް ހަދާކަށް ބޭނުމެއް ނުވާ ކަމަށާއި، ކިރިޔާވެސް އެޅޭ ގޯސް ފިޔަވަޅަކުން ރާއްޖޭގެ ރަށްތަކަށް މި ބަލި ދާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރަށްތަކުގައި ބަލި ފެތުރެން ފަށައިފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެހާހިސާބުން ގިނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މި ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ރައްޔިތުންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހެން ގައުމުތަކުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވަނީ ލޮކްޑައުންގެ ސަބަބުން ބަލި ފެތުރުން ވަރަށް ބޮޑަށް ދަށް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަންޖެހޭ ކަމަށް ގަބޫލު ކުރިނަމަވެސް ޑރ. އަފްޒަލް ވިދާޅުވީ ސާޖެއް އައިސްފި ނަމަ އެކަން އެނގިގެން ދާނެ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކަށް ދާ މީހުންވެސް އިތުރުވެގެން ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: