ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ޖަޕާނުން އެހީވެއްޖެ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިލޭ އެހީ ދީފިއެވެ.

ޖަޕާނުން މިއަދު ދީފައިވަނީ 21،740،400 (އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ) ދިވެހި ރުފިޔާގެ އެހީއެކެވެ.

މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު، މިއެހީގެ ސަބަބުން ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އިކޮނޮމިކް ބޭސް ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެއެވެ.

ރާއްޖެއަށް މިއެހީ ފޯރުކޮށްދިނުމަށް ޔޫ.އެން.ޑީ.ޕީއިން ކުރި މަސައްކަތަށާއި، ހިލޭ އެހީގެ ގޮތުގައި މިފައިސާ ހަމަޖައްސައިދިން ކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: