މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގައި މާދަމާއިން ފެށިގެން ޖަމާއަތުގައިނަމާދު ކުރެވޭ ގޮތަށް ހުއްދަދޫކުރުމަށް ނިންމައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ނިންމީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.
ކޮވިޑުގެ ނުރައްކާ ނެތް ރަށްތަކުގައި މާދަމާގެ ހުކުރު ނަމާދު ކުރާނެކަން އިއުލާނު ކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ، އެންއީއޯސީގެ ޕްރެސްގައި މިނިސްޓަރު ވިދާޅުވީ މާދަމާގެ ހުކުރު ހުތުބާ މިހާރު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރެވިފައިވާ ކަމަށެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުޅުވާލިނަމަވެސް އާއްމު ސިއްހަތަށް ހުރިހާ އާއްމުންވެސް ސަމާލުކަން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކަމަށެވެ. އެހެން ކަމުން، ގެެއިން މިސްކިތަށް ދާއިރުވުޟޫކޮށްގެން އައުމަށް ޑރ. ޒާހިރު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ދިމާވެދާނެ ހާލަތަކަށް ބަލާ މިސްކިތުން ވެސް ވުޟޫ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެ ކަމަށް ވިދާޅުވިއެވެ.
މިސްކިތްތަކުގައި ނަމާދު ކުރާނީ ގައިދުރުމިން ބަހައްޓައިގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. ޒާހިރު ވިދާޅުވީ ބައެއް ގައުމުތަކުގައިި މިހާރުވެސްގައިދުރުމިން ބަހައްޓާ ނަމާދު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ޖަމާއަތުގައި ކުރާ ނަމާދަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ނަމާދު ކުރާނީޖަމާއަތުގައި ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

