ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 115 މީހަކު ހައްޔަރުކޮށްފިއެވެ.
މި ކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމަތީގައި އުޅުނު 115 މީހަކު ހުކުރުދުވަހު ޖޫރިމަނާކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖުމްލަ 272 މީހަކު ހައްޔަރުކުރެވިފައި ވާކަމަށެވެ.
https://twitter.com/PoliceMv/status/1264009546386702337?s=19
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ހޮނިހިރުވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އިގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވަނީ، ހުކުރުދުވަހުގައި ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 46 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މި ގޮތުން، ހުކުރުދުވަހުގައި ޖޫރިމަނާކުރި މީހުންގެ އަދަދަށް، އޭގެފަހުން އިތުރުވެފައި މިވަނީ 69 މީހުންނެވެ. މި އަދަދުތަކާއެކު، މާލޭ ސިޓީ ލޮކްޑައުން ކުރިފަހުން މިހާތަަނަށް ޖުމްލަ 4,918 މީހަކު މިވަނީ ޖޫރިމަނާކޮށްފައެވެ..

