ކޮވިޑް-19 އާއި ގުޅިގެން ތައިލެންޑްގެ މައިނަރ ހޮޓެލް ގްރޫޕުން، ޕީސީއާރު މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ހޮނިހިރުވިލޭރޭ އިކޮނޮމިކް މިނިސްޓްރީން ބުނީ، ޕީސީއާރު މެޝިނެއްގެ އިތުރުން، 100 ގެލަނުގެ ހޭންޑް ސެނިޓައިޒަރ ވެސް މައިނަރ ހޮޓެލް ގުރޫޕުން ހަދިޔާކޮށްފައިވާކަމަށެވެ.
https://twitter.com/MoEDmv/status/1263925200057364480?s=19
މައިނާރ ހޮޓެލް ގުރޫޕަކީ ރާއްޖޭގައި ހިންގަމުން އަންނަ އަނަންތަރާ ދިގު ރިސޯޓާއި، އަނަންތަރާ ވެލި ރިސޯޓުގެ އިތުރުން އަނަންތަރާ ކިހަވަށް ރިސޯޓުގެ މައި ކުންފުންޏެވެ.
ކޮވިޑް- 19 އަށް ރާއްޖޭގައި މިހާރު ޓެސްޓުކުރަމުން އަންނަނީ، 02 މެޝިނެއްގެ ޒަރީޢާއިންނެވެ. އޭގެތެރޭގައި ހިމެނެނީ، އައިޖީއެމްއެޗުގައި ބޭނުންކުރަމުން އަންނަ މެޝިނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލެބޯޓަރީގައި ހުންނަ މެޝިނެވެ. މީގެ އިތުރުން މާދަމާއިން ފެށިގެން އޭޑީކޭގައި ހުރި މެޝިނުުން ޓެސްޓުކުރަން ފަށާއިރު، ސަރުކާރުން އަންނަނީ އިތުރު މެޝިންތައް ވެސް ގެނައުުމުގެ މަސައްކަތްތައް ކުރަމުންނެވެ.

