ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތަށް ބެލުމެއް ނެތި ހަރަދު ބޮޑުވާ ގޮތަށް ނިންމާ ނިންމުންތައް ބަލައެއް ނުގަނެވޭނެ: ފައިސަލް ނަސީމް

ކުރީގެ ނައިކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އިޤްތިސާދީ ހާލަތަށް ބެލުމެއް ނެތި ރިކަރަންޓް ހަރަދު އިތުރަށް ބޮޑުވާނެ ގޮތަށް ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ދައުލަތުގެ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން، ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށާއި، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަން ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭރުން މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދޭނޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވަމުން ކުރީގެ ނައިބު ރައީސް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން އަންނަ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްފަހު، ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް، ސިޔާސީ މަޤާމުތައް އިތުރުކުރުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މާލިއްޔަތު ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް އައި ނަމަވެސް، ރައްޔިތުންނާ ގުޅިފައިވާ މިފަދަ ހައްސާސް މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި އޮތުމުން، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އެ ނިންމުން ފާސްނުކުރެއްވުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސްއެއް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން، މިނިސްޓަރުންނަށް ދޭ ޑްރައިވާސް އެލަވެންސް ވެސް ބޮޑުކުރަން އިއްޔެ ނިންމާފައިވާއިރު، އެ ބަދަލާއެކު ވަޒީރުންނަށް މުސާރައާއި އިނާޔަތްތަކާއެކު ލިބޭ އަދަދު، 58،500 ރުފިޔާއިން 66،000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: