ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤަށް ވީގޮތް ހޯދަން މަޖިލީހަށް ހުށަހަޅައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލައިގެ ތަޙުޤީޤު ގޮސްފައިވާ ހިސާބު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު
ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި، ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ހޯދައިދިނުމަކީ، އެމްޑީޕީއާއި މި ސަރުކާރުގެ ވަޢުދެއްކަމަށެވެ.

އެހެންކަމުން، އެ މައްލަސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާތީ، އެ މައްސަލަތައް ބެލުމުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ނުގެންދެވި ލަސްވާ ސަބަވު އޮޅުންފިލުއްވަން ބޭނުންވެލައްވާ ކަމަށެވެ.

އަދި އެއްވެސް ނުފޫޒެއްނެތި އިތުބާރުހިފޭ ނިޒާމެެއްގެތެރެއިން ނަތީޖާ ނެރެވޭނެފަދައިން، އެ މައްސަލަތަކާއިމެދު އަމަލުކުރަމުންދޭތޯ ޔަޤީންކުރައްވަން ބޭނުންވެލައްވާކަމަށެވެ.

https://twitter.com/muixxu/status/1264362957225353216?s=19

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމިނު ޖަލުގައި ބެހެއްޓުމުގެ އިންސާފެއް އެ މަނިކުފާނަށް ވިސްނިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

އަދި ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް ދަންނަވާފައިވާނެ ކަމަށާއި، އެ ކަންކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، މަރު ކޮމިޝަންގެ މައްސަލަތައް ވެސް ހަމަ މިފަދަ ކަމަށާއި ކުރާން ބުނި ކަމެއްޖެހޭނީ ކުރަންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: