ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި، ޗައިނާގެ ސަފީރާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފި

ފޮޓޯ:ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި، ރާއްޖެއާއި ޗައިނާއާއި ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ވީޑިއޯގެ ޒަރީޢާއިން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް އާއި ދެ ބޭފުޅުން ކުރެއްވި މަޝްވަރާގައި، ދެ ޤައުމު ގުޅިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ޗައިނާއިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، މުސްތަޤުބަލުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައެއް ކަންތައްތަކާ ބެހޭގޮތުން ވެސް، މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަފުޅުގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝައުޤުވެރިކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

https://twitter.com/MoFAmv/status/1264199259483602944?s=19

މި މަޝްވަރާ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް ގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި،ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ.ޢަލީ ނަޞީރު މުޙައްމަދާއި، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ސީނާ ވެސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީއާއި، ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: