ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ރަށްތަކަށެވެ.

ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ރަށަކީ ހދ. ނޮޅިވަރަމެވެ. އެ ރަށުގެ ގޭބިސީތަކުގެ 95 އިންސައްތަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ހާލުގައި ޖެހުނު ބައެއް އާއިލާތައް ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ. އަދި ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ކުޅުދުއްފުށި ސިޓީގެ 190 އަށްވުރެ ގިނަ ގެއަކުން އެހީތެރިކަމަށް އެދިފައިވާއިރު، އެ ސިޓީގެ ކައުންސިލާއި ސަލާމަތީ ހިދުމަތްތައް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއެއްގެ އަޑިން ފެންއަރަމުންދާތީ، މީހުން ހުސްނުކުރި ނަމަވެސް، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހއ. އަތޮޅަށް ބަލާއިރު، ހއ. ތަކަންދޫއަށް ލިބުނު ގެއްލުންތައް ބެލުމަށް އެމްއެންޑީއެފްގެ ޓީމެއް އެ ރަށަށް ދިއުމަށް ތައްޔާރުވަމުންދާއިރު، ލިބުނު ގެއްލުންތައް ރިޕޯޓްކުރެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ޅ. ނައިފަރުގެ ދެ ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާއިރު، އެ ރަށުގައިވެސް ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ދަނީ ހިންގަމުންނެވެ.

ވިއްސާރައާ ގުޅިގެން ރަށްތަކުގެ ހާލަތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެ އޮތޯރިޓީން ދަނީ ހަމަޖައްސަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: