ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއު ނޯމަލްއަށް އެއާޕޯޓު އޮތީ ރެޑީވެފައި: އެމްއޭސީއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިވަގުތު އޮތީ ނިއުނޯމަލްއަށް ތައްޔާރުވެފައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިލާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އަލަށް ހުޅުވާލާއިރު، އެއާޕޯޓުގެ ސަލާމަތީ ކަންކަން ހުރީ އެންމެ ފުރިހަމަ އަށް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން އެއާޕޯޓެއްގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ގާއިމްކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ނިއު ނޯމަލްއަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެއާޕޯޓުގެ ކިއޫ ހަދާ ސަރަހައްދުތަކުގައި ވަނީ ސޯޝަލް ޑިސްޓެންސިން ފާހަގަވާގޮތަށް މީހުންނަށް ތިބެން އެނގޭނެހެން ފާހަގަ ޖަހައިފަ އެވެ.

އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުގެ ކައުންޓަރުތައް ހުންނަ ސަރަހައްދުގައި ވެސް މިގޮތަށް ވަނީ ހަދައިފަ އެވެ. އަދި ހުރިހާ ކައުންޓަރެއްގައި ވެސް ހަތަރު ފޫޓުގެ ގްލާސް ޝީޓުގެ ސްކީނުތައް ވެސް ވަނީ ހަރުކޮށްފަ އެވެ.

އެއާޕޯޓު އަލުން ހުޅުވާލާއިރު އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އަދި އެމްއޭސީއެލް އިން ވަނީ މަޝްވަރާކޮށްފައެވެ.

 ޓޫރިޒަމް މިނިސްޓްރީގެ ޓީމަކާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޓީމެއް ވަނީ އައާޕޯޓަށް ޒިޔާރަތްކޮށް އެއާޕޯޓް ހިންގާ ގޮތުގެ މައުލާމާތު ހޯއްދަވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަން އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން ”މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން“ގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައެވެ.

މިވަގުތު އެއާޕޯޓުގައި ކުރިއަށްދަނީ ހަމައެކަނި ކާގޯ ފްލައިޓްތަކުގެ އޮޕަރޭޝަންސްތައް އެކަންޏެވެ. ނަމަވެސް ބައެއް ފަހަރު އެހެން ގައުމުތަކުގައި ތިބޭ ދިވެހިންނާއި ރާއްޖޭ ބޭރުގެ މީހުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ ޚާއްސަ އޮޕަރޭޝަންސްތައް ކުރިއަށް ދެއެވެ.

އަލަށް އެއާޕޯޓު ހުޅުވާލާ އިރު ޓާމިނަލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ތިބޭނީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ކިޓްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: