ކޮވިޑް-19 އަށް އިތުރު 58 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ހާމަކޮށްފިއެވެ.
މި ކަން ހާމަކޮށް އެޗްޕީއޭއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް އިތުރު 58 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
ޕޮޒިޓިވްވެފައިވަނީ، 25 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން، އިންޑިއާގެ 14 މީހަކާއި، ނޭޕާލުގެ 06 މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1264628168973049856?s=19
މި 58 ކޭސްއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1371 އެވެ.

