ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ބިދޭސީންގެ ކަރަންޓީން ފެސިލިޓީގައި ހަމަނުޖެހުން ހިންގާ ފުލުހަކަށް ހަމަލާދީފި

ހުޅުމާލޭގައި ހަދާފައިވާ ބިދޭސީންގެ ކަރަންޓީން ފެސިލިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން، މާލޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ތަންތަނުގައި ތިބި ބިދޭސީން ބަދަލު ކުރި ކަރަންޓީނު ފެސިލިޓީއެއްގައި ހަމަނުޖެހުން ހިންގާ ބިދޭސީން އެތާ ތިބި ފުލުހުންނަށް ހަމަލާދީފިއެވެ.

މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި އާއްމުވީ ޕޯސްޓެކެވެ. އަމީން ހިޔާގައި ތިބި ބިދޭސީންތަކެއް އެތާ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހަށް ހަމަލާ ދީ، އެ ފެސިލިޓީން ނިކުންނަން އުޅުނު ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި އެ މީހުން ގާ އުކާ، އެތާ ހުރި ގޮނޑިތައް އުކަމުންދިޔަ އިރު ފުލުސް މީހާ، ފުލުހުންގެ އިތުރު ޓީމެއް އަންނަން ދެން އެތަން އޭނާ ކޮންޓްރޯލް ކުރި ކަމަށެވެ.

މައްސަލައާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި މައްސަލަ ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 ހުޅުމާލެ އަމީން ހިޔާގައި ބިދޭސީން ބައިތިއްބާފައި ތިބި ކަރަންޓީން ފެސިލިޓީގައި ހަމަނުޖެހުން ހިނގާފައިވާއިރު އެ ތަނުގައި ހާލަތު ދަށްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ހުޅުމާލެ ފެސިލިޓީއާއި ގުޅޭގޮތުން އެޗްއާރުސީއެމްއިން އާއްމު ކުރި ރިޕޯޓުގައި ވަނީ ބިދޭސީން އެތަނުން ފިލަން އުޅުމާއި އަދި އެއް ގައުމުގެ މީހުންނާއި އަނެއް ގައުމުގެ މީހުންނާއި މެދު ހަމަނުޖެހުން ހިނގާ ކަމަށް ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފެސިލިޓީއަށް އެ މީހުން ބަދަލު ކުރި އެ މީހުން އެއީ ކޮންތަނުން ގެނައި ބައެއްކަން ލިޔެކިޔުންތަކުގައި ރިޕޯޓުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: