ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަމުގައި ލޯނު ނަގާ މުޅި ޤައުމު ލޫޓުވާލި:ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ސަރުކާރަކުން ދުވަހަކުވެސް ލޯނު ނުނަގާ މިންވަރަށް އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ލޯނު ނަގައިގެން މުޅި ޤައުމު ލޫޓުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާއު މިހެން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުގެ ބަހުސްގައެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީއަކީ ފަޅުރަށަކާއި ލެޕްޓޮޕަކުން ޤައުމު ހިންގަން އައި ބައެއް ކަމަށާއި، ވެރިކަމަށް އައިސް ދިރާގުގެ ޙިއްޞާއާއި ފެން ކުންފުނީގެ އިތުރުން ބައިނަލްއަޤްވާމީ ވައިގެ ބަނދަރުވެސް އެ ޕާޓީން ވިއްކާލި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އޭރު ކުރިމަތިވި އިޤްތިޞާދީ ނާޒުކު ހާލަތުން ރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ރޭޓިންއަށް ގެނައި ބަދަލުތަކުން ޤައުމުގެ މިސްރާބު ރަނގަޅު މަގުގައި ހުރިކަން ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން އަތޮޅުތެރޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ރަށްރަށަށް އަރާވަޑައިގަތުމުގެ ހިތްވަރުވެސް އެ ޕާޓީގެ މެންބަރުންގެ ކިބައިގައި ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމައެއާއެކު، ކައުންސިލަރުންގެ މުސާރަ ކުޑަވުމުންނާއި ބޮޑުކުރުމުންވެސް އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާތީ، އެ ބޭފުޅުންގެ ކިބައިގައި އިޚުލާޞްތެރިކަމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100,000 ރުފިޔާ އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95,000 ރުފިޔާގައި ހުރިއިރު، މަޖިލީހުގެ ރައީސްގެ މުސާރަ އިނާޔަތްތަކާއެކު 70,000 ރުފިޔާގައި ހުރުމަކީ ހަމަހަމަކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިއީ ރިޔާސަތުގައި ޢަބްދުއްރަޙީމް ޢަބްދުﷲ އިންނަވައިގެން ކުރެއްވި ކަމެއް ނޫން ކަމަށާއި، ތިން ބާރު އެއް ހަމަކުރުމަށް 19 ވަނަ މަޖިލީހުންވެސް މި ބަދަލު ގެންނަން އުޅުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މަޖިލީހުގައި ވާހަކަދައްކަވަން ލިބިވަޑައިގަންނަވާ ވަގުތުތަކުގައި ދޮގު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، ޕާޓީ ތެރޭގައި ދިރެން ބޭނުންނަމަ އެ ޕާޓީގެ ކުރީގެ ލީޑަރުންނަށް އިޙުތިރާމްކޮށް މަސައްކަތްކުރުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިޞްލާޙަކީ މިވަގުތަށް ކޮންމެހެން މުހިންމު އިޞްލާޙެއް ކަމަށް ފާހަގަކުރައްވައި، އެ އިޞްލާޙަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: