ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

05 މެންބަރެއްގެ ގެ މޮނިޓަރިންގެ ހާލަތުގައި، ޖަލްސާއަށް ވަޑައިނުގެންނެވޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ގެތަކުގެތެރެއިން ފަސް ގެއެއްގައި، 05 މެންބަރަކު އެބަތިއްބެވިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި، ހާޒިރީ އިއްވަވަމުން ނަޝީދު ވިދާޅުވީ، ޖަލްސާއަށް ވަޑައިގަންނަވާފައިވަނީ 47 މެންބަރަކު ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ، ކަރަންޓީނު ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގޭގޭގައި 05 މެންބަރަކު އެބަތިއްބެވިކަމަށެވެ.

އަދި 03 ބޭފުޅަކު ސަލާމުގައިވާކަމަށް ވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

”މިވަގުތު ޖަލްސާއަށް ހާޒިރުވެ ވަޑައިގެންތިއްބެވީ 47 ޢިއްޒަތްތެރި މެންބަރުން. ކަރަންޓީނުގަ ނުވަތަ މޮނިޓަރިންގެ ހާލަތުގައިވާ ގޭގޭގަ ފަސް ޢިއްޒަތްތެރި މެންބަރަކު އެބަވޭ. އެހެންވީމާ އެ ޢިއްޒަތެރިން މެންބަރުންނަކަށް ބައިވެރިވެވަޑައެއް ނުގަނެވޭ. ތިން ޢިއްޒަތްތެރި މެންބަރަކު ސަލާމުގައި އެބަވޭ“ ރައީސް ނަޝީދު

ނަމަވެސް ކަރަންޓީނުކޮށްފައިވާ ގޭގޭގައި ތިއްބެވީ ކޮންކޮން މެންބަރުންނެއްކަމެއް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާއަކީ، އޭޕްރީލް 15 ގައި، މާލެ ސިޓީ ލޮކްޑައުންކުރި ފަހުން، މަޖިލީހުގެ އިދާރާގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ. މިއަދުގެ ޖަލްސާ ފަށާފައިވާއިރު، ޖަލްސާ އޮންނާނެކަން އިޢުލާނުކުރުމާއި ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންތަކެއްވަނީ، ޖަލްސާއަށް ވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: