ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓުކުރަން ފަހިކުރުމަށް އެއްބަސްވުމެއް

މިފްކޯ އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ގެ ތެރެއިން މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.

މިފްކޯއިން ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދާނެއެވެ. އެގޮތުން  މިފްކޯއިން މަސް ފޯރުކޮށްދޭ ސަޕްލަޔަރެއްގެ ގޮތުގައި މަސައްކަތްކުރަން ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން އެ މަސް ވިއްކުމުގެ ފުރުސަތުތައް ހޯދުމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރަން ހަމަޖެހިފައިވެއެވެ.

އެގޮތުން، ރާއްޖޭގެ އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން އިންތިޒާމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ފުރަތަމަ މަރުޖަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިއާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މިފްކޯއިން މިހާރު މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕަށާއި ތައިލޭންޑު އަދި މޮރިޝަސްއަށެވެ.

”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ މިއަދު ފަށާފައިވާއިރު، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ ”ވިޝަން 2040“ގެ ދުރު ރާސްތާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކުގެ ބޭނުންހިފައި އިންވެސްޓްކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ގޮވާލައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: