ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ބޭނުމެއް ނޫން، ބޭނުމީ 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް: އަބްދުއްރަހީމް

ރައީސް ޔާމީން އަދި އިދިކޮޅު ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވާހަކަ ދެކެވިފައި ނުވަނެ ކަމަށާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އަމާޒަކީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކަށް ހައްދަވައި އަލުން ވެރިކަމަށް ގެނައުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ

ދުވަސްތަކަކަށް ފަހު އަނެއްކާވެސް ބަރުލަމާނީ ނިޒާމެއްގެ ވާހަކަތަކުގެ އަޑުތައް ގަދަވެފައިވާއިރު، އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅުގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުގެ ގޯސްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން ކަމަށެވެ. ސަރުކާރު ޒިންމާދާރުކޮށް، ހިންގަމުން ދާ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލުން އެއީ ރައްޔިތުންގެ ހައްގުގައި ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން ދާ މަސައްކަތެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ، މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމާއި ގުޅޭގޮތުން އުފެދުނު ބަހުސްގެ ތެރެއިން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެކަމަށް ވިދާޅުވެ ނިޒާމަށް ބަދަލު ގެންނަ ވާހަކައެއް ޕީއެންސީގެ ނައިބް ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވުމުންނެވެ. އާދަމް ޝަރީފު ވަނީ ބަރުލަމާނީއަކަށް ތާއީދު ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާ ދައުރުގެ މެދުތެރޭން އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. މި ޓްވީޓާއި ގުޅިގެން އާދަމް ޝަރީފަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ގުނަވަނެއް ވެސް ފެއިލްވެފައި ވާ ކަމަށެވެ. އަދި ސަރުކާރު މިވަގުތު ކިރިޔާ ވެސް ކުރިޔަށް ދަނީ ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްވެސް މަޝްވަރާއެއް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި އިދިކޮޅުގެ ބޭނުމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށާއި، 2023 ގެ ރިޔާސީ ކެނޑިޑޭޓަކަށް ހަދަން ބޭނުންވަނީ ރައީސް ޔާމީން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

https://twitter.com/Banafsaa/status/1265227787599675392

ބަރުލަމާނީ ނިޒާމާއި ގުޅިގެން ވާހަކަތައް ދެކެވޭއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ލީޑައުން ކުރެއްވި ޓްވީޓުތަކެއް ރީޓްވީޓު ކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޖަލުގައި އޮންނަވަން ޖެހޭނީ ރައީސް ޔާމީން ނޫން ކަމާއި، އެއީ އަދި އިންސާފެއް ވެސް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީއަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. 2007 ވަނަ އަހަރު ރާއްޖޭގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށެވެ.

އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއިދު ކުރެއްވީ ރިޔާސީ ނިޒާމަކަށެވެ. އެއަށްފަހު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީނަކީ ވެސް، ރައީސް ނަޝީދެކޭ އެއްފަދައިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: