ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވެސްޓްމަންޓާއި ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއާ ގުޅުން ބަދަހިކުރަން ޗައިނާއިން ތައްޔާރު: ސަފީރު

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ގޮވާލައްވައިފިއެވެ.

ސަފީރު މިކަމަށް ގޮވާލެއްވީ މާލޭގައި ބޭއްވި ”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމަކީ ދެ ގައުމުގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، އިންވެސްޓްމަންޓާއި އެއްބާރުލުން އިތުރުކުރެވޭނެ އަމަލީ މަގުތައް ދެނެގަތުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގުޅުމުން ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ދެ ގައުމުގެ އިގްތިސާދީ ގުޅުމުގެ ކުރިމަގު ބައްޓަންކުރާނެ މައިގަނޑު އަސާސްކަމުގައި ބަޔާންކުރައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް އާއި ފެހި ޓެކްނޮލޮޖީ މެދުވެރިކޮށް އާދައިގެ ސިނާއަތްތައް ޒަމާނީ ކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ހާއްސަކޮށް، ރާއްޖޭގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ސްމާޓް ގްރީންހައުސްތަކާއި ހައިޑްރޯޕޮނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ފުޅާކުރެވިދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލުވުމަށް، ސޯލާ ނިޒާމުތަކާއި ކަރަންޓު އުޅަނދުފަހަރުގެ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާން ދިވެހި ހުނަރުވެރިން ބިނާކުރުމަކީ އިގްތިސާދު ކުރިއެރުވުމަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތައް ގުޅިގެން އަމަލީ މަސައްކަތްތަކަކަށް މަގުކޮށައިދިނުމަށް ސަފީރު ވަންގް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވި އެއް ގައުމަކީ ޗައިނާއެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ”ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް“ ގާއިމުކޮށް، އުމްރާނީ ތަރައްގީއާއި، ވިޔަފާރިއާއި އިގްތިސާދީ ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކޮށްފައިވާ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: