ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19:އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 1438 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 1438 އަށް އިތުރުވެއްޖެެއެވެ.

ކޮވިޑް-19 އާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށް އެންއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ޢަޒީޒުވަނީ އެކަން ޔަޤީންކޮށްދެއްވާފައެވެ.

މި ގޮތުން ޕޮޒިޓިވްވި 43 މީހުންގެތެރެއިން 17 މީހަކު ޕޮޒިޓްވެފައިވާކަމުގެ ރިޕޯޓް އަންގާރަވިލޭރޭ
10:00ން ފެށިގެެން، 00:00 އާއި ހަމައަށް ލިބިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، ބާކީތިބި 26 މީހުން ޕޮޒިޓިވްވެފައިވަނީ، މިއަދުކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، 09 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ 03 މީހުންކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އިގެ 43 ކޭސް ފެންމަތިވެ ޖުމްލަ އަދަދު 1438 އަށް އިތުރުވެފައިވާއިރު، ވައިރަސްޖެހިގެން ނިޔާވި މީހުންގެ ލިސްޓަށް ވަނީ ބަންގްލަދޭޝްގެ މީހަކު އިތުރުވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ޕޮޒިޓިވްވެގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ ޖުމްލަ 05 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: