ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު: އެޑްވަޓޯރިއަލް ކޮންޓެންޓް ވަކިކުރަން އެނގޭނެހެން ފާހަގަކުރަން އެދިއްޖެ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން ރާވާފައިވާ މަޝްރޫއާއި އެ ނޫން ވެސް ބަހުސް އުފެދިފައިވާ އާންމުންގެ މެދުގައި ބަހުސް އުފެދިފައިވާ ގައުމީ މައްސަލަތަކާ ގުޅޭގޮތުން ފައިސާ ނަގައިގެން އެޑްވަޓޯރިއަލް ކޮންޓެންޓް ގެންނަނަމަ އެކަން އެނގޭނެހެން އެ ކޮންޓެންޓުގައި ބަޔާންކުރަން މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެދިއްޖެއެވެ.

އެ ޖަމިއްޔާއިން ނެރުނު މީޑިއާ އެޑްވައިޒަރީއެއްގައި ބުނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ކޮންޓެންޓް ގެންނަ ގޮތުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންނާ މެދުގައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދި އެ މީހުން ނުރައްކަލަށް ހުށަހެޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުން އަގު ދީގެން މީޑިއާގައި ޝާއިއުކުރާ އެޑްވަޓޯރިއަލް ކޮންޓެންޓް ޝާއިއުކުރުމުގައި އަމަލުކުރަމުންދާ ގޮތާ ގުޅިގެން މީޑިއާތަކާއި ޖުމްލަކޮށް ނޫސްވެރިކަމުގެ ފަންނާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން ރާވާފައިވާ މަޝްރޫއުއަކީ އާންމުންގެ މެދުގައި އެތައް ބަހުސްތަކެއް އުފެދިފައިވާ ހައްސާސީ ގައުމީ މައްސަލައަކަށް ވާއިރު، އެ މަޝްރޫއު އަދި އެ ނޫން ވެސް އާންމުންގެ މެދުގައި ބަހުސް އުފެދިފައިވާ ގައުމީ މައްސަލަތަކާ ގުޅޭ ކޮންޓެންޓް ގެނައުމުގައި ބައެއް ކަންކަމަށް ސަމާލުވުމަށް އެ ޖަމިއްޔާއިން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އެއްވެސް ވިޔަފާރިއަކުން ނުވަތަ އެހެން ވެސް ފަރާތަކުން އެ ފަރާތަކާ ގުޅޭ ކަމެއް ޕްރޮމޯޓުކުރަން ފައިސާ ދީގެން ކޮންޓެންޓް ގެންނަނަމަ، ނުވަތަ އެފަދަ އެއްބަސްވުުމެއްގެ ދަށުން އެކަން ކުރާނަމަ، އެކަން އާންމުކޮށް އެނގޭނެހެން އެފަދަ ކޮންޓެންޓުގައި ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ އާންމު ކޮންޓެންޓާ އެފަދަ ކޮންޓެންޓް ވަކިކުރުމަށް އެދިފައިވެއެވެ.

ބަހުސް އުފެދިފައިވާ ބޮޑެތި ގައުމީ މައްސަލަތަކާ ގުޅޭގޮތުން، އާންމުންގެ ކަންބޮޑުވުންތަކާއި އެކަމާ ގުޅޭ ބަހުސްގެ ދެކޮޅު ގެނެސްދިނުމަށް އިސްކަންދިނުމަށާއި ވީވަރަކުން އެ ބަހުސްގެ ފުނަށް ފީނައި ދިރާސީ ނަރަޒަރުން އެ ބަހުސްގެ ދެކޮޅު ވެސް ހަމަހަމަވާނެ ގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ވެސް އެމްޖޭއޭއިން އެދިފައިވެއެވެ.

ރަސްމާލެ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނިން މިހާރު ވެސް ހިންގަމުންދާ މަޝްރޫއުތައް ދައްކާލަން ބައެއް މީޑިއާތަކުން ޔޫއޭއީއަށް ޒިޔާރަތްކޮށްފައިވާއިރު، އެކަމާ ގުޅިގެން ނޫސްވެރިންނަށް އަމާޒުވި ފުރައްސާރަ އާއި އެ މީހުންނާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް މީގެ ކުރިން އެމްޖޭއޭއިން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: