ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ބިމުގެ މިލްކުވެރިންނަކީ ރައްޔިތުން، ރައްޔިތުން ގާތުގައި އަހާފައި ނޫނީ ބޭރުގެ ބަޔަކަށް ބިން ނުދެވޭނެ: އަލީ ހުސެއިން

ގާނޫނީ ވަކީލު، އަލީ ހުސެއިން: ފޮޓޯ/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ނޫނީ ރައްޔިތުންގެ ބިން ބޭރުގެ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި ދިރިއުޅެން އަދި ރައްޔިތުކަން ދޭން ގެންނަން ވިޔަސް އަދި ބިމުގެ މިލްކުވެރިކަން ދިނަސް އެކަން ކުރަންވާނީ ރައްޔިތުން ގާތުގައި އަހާފައި ކަމަށާއި ދިވެހި ބިމުގެ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ.

ރަސްކަން ނިމި، ޖުމްހޫރިއްޔަތަކަށް ބަދަލުވީ ހިސާބުން ބިމުގެ ވެރީންނަކީ ރައްޔިތުން ކަމަށާއި ރައްޔިތުން ގާތުގައި ނާހައި ދިވެހި ބިން ބޭރު މީހުންނަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އިންވެސްޓްމެންޓާއި ދިވެހީންނަށް ލިބެން އޮތް ތަނަވަސްކަމަކާ ދެކޮޅުނުވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. ނަމަވެސް، އެފަދަ ކަމެެއް ކުރާއިރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި ބޭރު މީހުންނަށް ބިން ދިނުމަށް ރައްޔިތުން އާނއެކޭ ބުނެފިނަމަ، އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ނުދައްކައި އޮންނަވާނީ ގޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ކޮންމެހެން ރާއްޖެއަށް އަންނަ އިންވެސްޓްމެންޓްތަކަކާ ދެކޮޅުވަނީއެއް ނޫން. ދިވެހީންނަށް ލިބެންހުރި ޑޮލަރު ނުވަތަ ފައިސާއަކާާ ނުވަތަ ދިވެހީންނަށް ލިބެން އޮތް ތަނަވަސްކަމަކާ އަޅުގަނޑުމެން ދެކޮޅުވަނީކީއެއް ނޫން. މިއީ މިހާ ވަރުގެ ރަނގަޅު މިހާވަރުގެ ތަރައްގީއާއި ތަމައްދުން ދިވެހިރާއްޖެއަށް ގެންނާނެ ޕްރޮޖެކްޓެއް ކަމަށް ވަންޏާ އަޅެ ނިކަން ހިތްވަރެއް ހުރިއްޔާ ފެންނަ ނުފެންނަ ވޯޓެއް ބާއްވާލަބަލަ،“

އޭގެ އިތުރުން، އިންސާނުން ކަމަށް ވަންޏާ އިންސާފާ އެއްކޮޅަށް ވާހަކަ ދައްކަންޖެހޭ ކަމަށާއި، ރަސްމާލެ މަޝްރޫއުގެ ދަށުން ރާއްޖެއަށް އަންނަން އުޅޭ މީހުންނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަމަލު ހިންގާ ޒަޔަނިސްޓުންގެ އެޖެންޓުން ކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އެ މީހުން ހިންގި ހުރިހާ ޕްރޮޖެކްޓުތަކާއި ދައްކާ ވާހަކަތަކާއި، ބަސްމަގު ހުރި ގޮތުންނާއި، އިސްރާއީލުގެ އެކި ޖަމާއަތްތަކަށް އެ މީހުން މިލިއަން ޑޮލަރުން ދީފައި ހުރި ފައިސާއަށް ބެލިޔަސް އެއީ ކޮން ބައެއްކަން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުސްލިމުންނަކީ އަނިޔާވެރި ލޭ އޮހޮރުވާ ބައެއްގެ ގޮތުގައި ޒަޔަނިސްޓުން ސިފަކުރަން ބޭނުންވާ ކަމަށާއި އެއާ ހިލާފަށް ރާއްޖެއަކީ އަމާން އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ ޑެސްޓިނޭޝަން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން އެކަން އޮއްވައި އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމުން، މިހާރު ފެންނަމުންދަނީ އެ މީހުންގެ ބަދަލުހިފުން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. ފަތުރުވެރީންގެ ގޮތުގައި ނާދެވޭނެތީ ވަޒަންވެރީންގެ ގޮތުގައި އެ މީހުން އަންނަން އުޅޭ ކަމަށާއި އެ ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ޕްރޮޕަޓީތައް ގަނެގެން ރަސްމާލޭގައި ބޭރުގެ ފަރާތްތަކަށް ވަޒަންވެރިވެގެން އުޅެވޭ ގޮތަށް މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންްފުންޏާއެކު ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ސަރުކާރުން ބުނަމުން ދަނީ ބިމުގެ މިލްކުވެރިކަން އޮންނާނީ ދިވެހި ދައުލަތުގައި ކަމަށާއި، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ދޫކުރެވިގެންދާނީ އެ ފަރާތްތަކުން ގަންނަ ރިއަލް އެސްޓޭޓް ޕްރޮޕަޓީ ކަމަށެވެ.

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކުރުމަށް ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 21، ގައެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއިކުރުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރީތައް ވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: