ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއިއެކު އަދިވެސް ފުރަބަންދުގައި، އެކަމަކު ލުއިތަކަކާއިއެކު!

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތައް އެކި މިންވަރަށް ފުރަބަންދުކޮށްފައިވާތާ ދެ މަހާއި ގާތް ވަނީއެވެ. އެކަމުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ފުރަބަންދު ކުރުމުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑުތަނުން ދަށްކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ސަރުކާރުން ނިންމާފައި ވަނީ ފުރަބަންދަށް ލުއިތަކެއް ދިނުމަށެވެ. 

ފުރަބަންދުގެ ހާލަތުގައި މާލެ ސަރަހައްދުގައި ދިނުމަށް ނިންމާފައިވާ ލުއިތައް:

– ވަކި ހިފެހެއްޓުންތަކާއިއެކު، މީހުން އެއް ތަނުން އަނެއް ތަނަށް ދިއުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ދެވޭނެއެވެ. މިގޮތުން، ފުރަތަމަ 2 ހަފްތާގައި ޕޮލިސް ޕަރމިޓާއެކު، ގޭބިސީއަކުން 3 މީހުންނަށް (ބޮޑެތި މީހުންނަށް) ހަފްތާއަކު 2 ފަހަރު ހުއްދަ ދެވޭނެއެވެ.

2ގަޑިއިރަށް ބޭރަށް ނުކުންނަށް ޕަރމިޓް ދިނުން – ފަތިހު 5 އާއި 8 އާއި ދެމެދު އުމުރުން 60 އަހަރުން ފެށިގެން މަތީ މީހުންނަށް ޕޮލިސް ޕަރމިޓާއެކު ބޭރަށް ނުކުމެވޭނެ – ޕަރމިޓްގެ ބޭނުމަކީ އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުން – އާއިލާއާއި، ރައްޓެހިން އެއްވުމާއި، ގޭގެއަށް ޒިޔާރަތް ކުރުމަށް މި ފަރމިޓެއް ހުއްދައެއް ނުދޭ

2 ހަފްތާއަށްފަހު ގޭބިސީއަކަށް 5 ޕަރމިޓް

– ކުޑަކުދިން 15 އަހަރުން ދަށުގެ ކުދިންނަށް ޕަރިމިޓާއެކު ފަތިހު 5-8 އަށް ނުކުމެވޭނެ. 

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ކޮވިޑް ފެނިފައިނުވާ ރަށްރަށުގައި:

– ލޮކްޑައުން އެއް ނެތް. ރަށުން ބޭރަށް ދަތުރެއް ނުކުރެވޭނެ. ރަށުތެރޭގައި ވިޔަފާރިއާއި އާއްމު ދިރިއުޅުމުގައި ގައި ދުރުކަމާއި ސާފުތާހިރު ކަމަށް ސަމާލުކަން ދިނުން. އަދި ވީ ވަރަކުން ބޭރުގައި އުޅުން މަދު ކުރުން. 

އެއްވުންތަކާއި އިވެންޓްތައް

– ޕާރޓީތަކާއި އެއްވުންތައް، އާއިލީ އެއްވުންތައް ނުބޭއްވޭނެ – ޖަނާޒާ މިހާރުގޮތަށް ހުއްދަ ލިބޭ ފަރާތްތަކަށް ހަމައެކަނި

ވިޔަފާރިތައް

އިތުރު ވިޔަފާރިތައް ހުޅުވުމުގެ ފުރުސަތު، – ސުޕަރމާރކެޓް، ބޭކަރީތައް، އާއްމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ވިއްކާ ކަންމަތީ ފިހާރަތައް، ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތައް، ފާރމަސީތަކާއި، ދިވެހިބޭސް ވިއްކާ ފިހާރަތައް، ބުކްޝޮޕް، ސްޓޭޝަނަރީ ޝޮޕް، ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތައް، ހާރޑްވެއަރ ތައް ހުޅުވޭނެ

މިތަންތަން ހުޅުވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމިޓަކާއިއެކު، މާސްކް އަޅަން ޖެހޭނެ، ގައި ދުރުކަން ބެހެއްޓެ ވަރަށް ކަސްޓަމަރުން ވައްދަންވާނީ، ކޭޝް ބޭނުން ނުކޮށް ޕޭމަންޓް ހެދުމަށް ބާރުއެޅުން، ޤަވާއިދުން ސާފުކުރުން، ތަކެތީގައި ކަސްޓަމަރުނ އަތްލާ ނުހެދުން

– އިކޮނޮމިކް މިނިސްޓްރީގެ ގައިޑްލައިން

އިންލައިން ޑެލިވަރީއަށް ހުޅުވޭނެ ތަންތަން: މޯބައިލް ފޯން ފިހާރަތއް، ކޮމްޕިޓަރ ސާމާނު ވިއްކާ ފިހާރަތައް، ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމަނު ވިއްކާ ފިހާރަތއް، އަންނައުނު، ފޮތި، ފައިވާން، ކުޅިވަރު ސާމާނު ވިއްކާ ފިހާރަތއް
– ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ހުޅުވޭނީ: މުދާ ކްލިއަރކޮށް ޑެލިވަރީ ސަރވިސްތައް، ވަކި މިންގަނޑޫތަކެއްގެ ތެރޭގައި ކޮންސްޓްރަކްޝަން، އުޅަނދުފަހަރު ރިޕެއަރކުރާ ވަރކްޝޮކްތައް، މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ރިޕެއަރ ކުރާ ތަންތަން

– ގޭގެއަށް ބޭނުންވާ މަރާމާތުތަކައި ތަކެތި އިންސްޓޯލް ކުރުން- ކަސްޓަމަރުންގެ ލޮގެއް ބެހެއްޓެން ވާނެ

މަސް މާރުކޭޓް:

– ސްޓޯލްތައް މަދުކޮށް، މަދުން މީހުން ވައްދައި، ގައި ދުރުކަން ބެހެއްޓޭ ގޮތަށް، އަތް ދޮވެވޭ ގޮތަށް

ޔުޓިލިޓީސް

– ފެނާއި ކަރަންޓު އަލަށް ގުޅައި ދިނުން، ސަރވޭ ކުރުން، އިންސްޕެކްޓް ކުރުން ވަކި މިންގަނޑުތަކެއްގެ ތެރޭގައި، – ޓީމު ތަކެްް، 5 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް،

ބޭންކުތައް

– ފުރަތަމަ 2 ހަފްތާގއި ހަފްތާއަކު 3 ދުވަހަށް، މަސައްކަތްކުރާ ސްޓާފުން ދެދުވަހުން އެއްދުވަހު ނުވަތަ ޝިފްޓުގައި، ވަނުމުގެ ކުރިން ޓެމްޕަރޭޗަރ އަދި އަލާމާތްތައް ހުރިތޯ ބެލުން، އެއްވަގުތެއްގައި އެތް ބައެއްގައި 5 މީހުންނަށްވުރެ ގިނައިން ނުތިބެވޭ ގޮތަށް

އެޕޮއިންޓްމަންޓް ހަދައިގެން، ވެއިޓިން އޭރިއާތަކުގައި ގައިދުރުކަން ބެހެއްޓޭ

– މާސްކް އެޅުން، އަތް ސާފުކުރުން، ތަން ސާފުކޮށް ދިސްއިންފެކްޓް ކުރުން، އަންނަ މީހުންގެ ލޮގެއް ބެލެހެއްޓޫން – ދެ ހަފްތާ ފަހުން، ހަފްތާއަކު 5 ދުވަހަށް، ހަމަ މި ފިޔަވަޅުތަކާއެއްކޮށް

ރެސްޓޯރަންޓް/ ކެފޭ:

– ޑެލިވަރީ އެކަނި ކުރާ ގޮތަށް، ކޭޝް ނޫން ގޮތަށް އަގުއަދާ ކުރުމަށް ބާރުއެޅުން

ޓެކްސީ:

– ފުރަތަމަ 2 ހަފްތާއައް ޕަރމިޓް ތައް ކޮންމެވެސް ވަރަކަށް އިތުރު ކުރެވޭނެ – ޓެކްސީ ޑްރައިވަރު އަދި ފަސިންޖަރުން މާސްކަ އަޅައި، ފަހަތު ސީޓްގައި އެކަނި ފަސިންޖަރުންނަށް ތިބެވޭނީ، ޕާރޓިޝަން
ޖެހުން، އޮންލައިންކޮށް ލާރި ދެއްކުން، ކުޑަދޮރުތައް ހުޅުވާފައި، ހަމައެކަނި ސެންޓަރުން ނުވަތަ އެޕުން ބުކް ކޮށްގެން ނޫނީ ނޭރުވުން، އިތުރު ދަތުރުތައް ނުނެގޭނެ، ފަސިންޖަރުންގެ ލޮގެއް ބަހައްޓަންވާނެ، ކޮންމެ ދަތުރަކަށްފަހު ސާފު ކުރުން

– 2 ހަފްތާ ފަހުން: ހުރިހާ ޓެކްސީއަށް ހުއްދަ، މިދެންނެވި ރެސްޓްރިކްޝަންތަކާއި އެއްކޮށް، އަދި ޓްރޭސްއެކީ އެޕް ބޭނުން ކުރަންވާނެ

ޕިކަޕް، ވޭން:

– ކުޑަ ޕިކަޕަކަށް، 2 ފަސިންޖަރުނ، ބޮޑެތި ޕިކަޕަށް 3 މީހުން، ތިބެންވާނީ ފަހަތަށް – ފުރަތަމަ 2 ހަފްތާގައި އިތުރު ހުއްދައެއް ނުދޭނެ، އެއަށްފަހު ހުރިހާ ޕިކަޕަކަށް ވެސް ހުއްދަ ލިބޭނެ
ޕަބްލިކް ޓްރާންސްޕޯރޓް: ފެރީ

– މިހާރު ހުރި ރެސްޓްރިކްޝަންތަކާ އެއްކޮށް – ސީޓްތައް ފާހަގަކޮށްފައި ބެހެއްޓުން، ދުރުދުރުގައި ތިބޭނެ ގޮތް އިންތިޒާމު ކުރުން – މާސްކް އެޅުން މުހިއްމު، ސެނިޓައިޒަރ ބަހައްޓަންވާނެ، ޤަވައިދުން ސާފު ކުރުން

ޕަބްލިކް ޓްރާންސްޕޯރޓް: ބަސް

– ސީޓް ފާހަގަ ކޮށްފައި ބެހެއްޓުން، ސާފު ކުރުން، ކުޑަދޮރުތައް ހުޅޫވާފައި ބެހެއްޓުން

ސަރުކާރުގެ އޮފީސްތައް:

– ރައީސް އޮފީހުން ހުއްދަ ލިބިގެން – ކުރާ މަސައްކަތް އެޗް.ޕީ.އޭ އާއި ހިއްސާ ކުރުމަށްފަހު – އެއް ވަގުތު އެންމެ ގިނަވެގެން 4 ގަޑިއިރު، އެއ ވަގުތެއްގައި އެއްބައެއްގައި 5 މީހުންނަށްވުރެ ގިނަ ނުވާގޮތަށް، 60 އަހަރުން

މަތީގެ މީހުން، އަދި އިތުރު ބަލިތައް ހުންނަ މީހުން ނުނެރި، ޓެމްޕަރޭޗަރ ބެލުމަށް ފަހު، އޮފީހަށް ވަންނަމުން އަތް ސާފު ކުރުމަށް، އޮފީސްތަކުގައި ކޮންޓެކްޓް މަދުކުރުން އަދި ލެޕްޓޮޕް ޑޮކިއުމެންޓް ފަދަ ތަކެތި ގިނަމީހުން އަތް ނުލުން

– އެއްވެސް މީހަކު އަލާމާތެއް ފެނިއްޖިއްޔާ އެޗް.ޕީ.އޭ އަށް އެންގުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: