ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީފައިވާ ލުއިތަކާއި އެކު މާލެ ސަރަހައްދުގެ ލޮކްޑައުންއަށް އިތުރު 14 ދުވަސް!

ދީފައިވާ ލުއިތަކާއި އެކު މާލެ ސަރަހައްދުގެ ލޮކްޑައުންއަށް އިތުރު 14 ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކަށް ދީފައިވާ ލުއިތައް އެކުލެވޭ ގޮތަށް މާލެ ސަރަހައްދަށް ތަންފީޒު ކުރަމުން ދާ ލޮކްޑައުންގެ މުއްދަތު އިތުރ ު14 ދުވަހަށް ދަންމައިފިއެވެ.

ދިވެހި ރާއްޖޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ގާނޫނު ނަމްބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު) ގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅުމަށް މަގުފަހި ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ދަންމާފައިވަނީ ދީފައިވާ ލުއިތަކާއި އެކުއެވެ. 14 ދުވަހުގެ އިތުރު ލޮކްޑައުންގައި މާލެ ސަރަހައްދުގެ މަގުތަކުގުތަކަށް ނިކުތުމާއި، ދުއްވާ އުޅަނދުފަހަރުގައި އުޅުން މަނާ ވާނެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓާއި، ގުޅީފަޅަށް އަރައި ފޭބުން މަނާވާނެއެވެ.

ލުއިތައް ދީފައިވާ ކަންތަކުގެ ތެރޭގައި ހިމެނެނީ ޟަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ދޫކުރާ ހުއްދަތަށް އިތުރުކުރުމާއި، އުމުރުން ދުވަސް ވީ ފަރާތްތަކަށް އެހީތެރިއަކާއި އެކު ފަތިހުގެ 05:00 އާއި ހެނދުނުގެ 08:00 އާއި ދެމެދު 03 ގަޑިއިރަށް ބޭރަށް ނިކުތުމެވެ.

އޭގެ އިތުރުން މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ދޭ ހުއްދަތައް އިތުރުކުރުމާއި އެކު، މާލެއާއި ތިލަފުއްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަތައް ދިނުން އިތުރުކުރުން ހިމެނެއެވެ. އަދި ހުއްދަ ލިބިގެން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދކއުމާއި އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން ހިމެނެއެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އާއްމު ކުރާ އުސޫލުތަކެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން ހިމެނެއެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުން ވަނީ ހިމަނާފައެވެ.

ދީފައިވާ ލުއިތަކާއި އެކު ބޭންކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުމާއި އެކު، ސިއްހީ ހިދުމަތްތަކާއި އެހެނިގެން އާއްމު ހިދުމަތްތައް ދިނުން ވަނީ އިތުރުކޮށްފައެވެ.

މި ލުއިތަކުގެ ތަފްސީލުތައް ފަހުން އާއްމު ކުރެވޭނެކަން ފާހަގަކޮށް ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި، ސިއްހީ ހިދުމަތްތައް ދޭ އިދާރާތްތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުތަކާއި އެމްބިއުލަންސް، އަދި ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފާސްތައް ލިބިފައިވާ ފަރާތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: