ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސޮލޭޝަންގައި ހުރި މީހަކު ނިޔާވެފައިވާ ކަމަށް ބުނެ، ފަތުރަމުން ދާ ފޮޓޯއަކީ އަސްލެއް ނޫން: ފުލުހުން

އައިސޮލޭޝަންގައި ހުރި މީހަކު ނިޔާވެފައިވާ ކަމަށް ބުނެ، ފަތުރަމުން ދާ ފޮޓޯއަކީ އަސްލެއް ނޫން: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު، އޭނާ ހުރި ފެސިލިޓީގެ ބާތު ޓަބެއް ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަ އަކީ ދޮގެއް ފުލުހުން ބުނެފިއެވެ.

އަހްމަދު މުއާޒް ކިޔާ މީހަކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ބާތުޓަބެއްގެ ތެރޭގައި އޮތް މީހެއްގެ ފޮޓޯއާ އެކު ވަނީ މީހެއްގެ ނަން ހިމަނާ އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި އެއީ އެކުވެރިއެއް ކަމަށާއި، އޭނާގެ މައްޗަށް ހެޔޮ ދުއާ ކުރާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. މިގޮތަށް މި ހަބަރު ފަތުރާއިރު އޭނާ ބަތު ޓަބުތެރޭގައި އޮތް ފޮޓޯ ވެސް ހިމަނާފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެެވެ. އަދި މިގޮތަށް މި ވާހަކަތައް ފެތުރި މައްސަލައިގައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ، މި ޕޯސްޓު ގިނަ އަދަދެއްގެ މީހުން ޝެއާކޮށްފައިވާއިރު، ޕޯސްޓު ޝެއާ ކުރި މީހުން އެ ޑިލިޓު ކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ވާހަކަތައް ފަތުރާނަމަ އެކަން ސީރިއަސް ގޮތެއްގައި ބާލާނެކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، އެ ފޮޓޯ އަކީ މަޖަލަކަށް އާއިލީ ގްރޫޕަކަށް ލީ ފޮޓޯއެކެވެ. އެހެން ނަމަވެސް އެ ފޮޓޯ ފަހުން ސޯޝަލް މީޑީއާގައި ދައުރުވެގެން ދިޔައީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: