ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުތަކަށް ނިކުތުމަށް ވަކި ވަކި ހުއްދަތަށް ދޫކުރާނީ ފުލުހުން، ސިޓީ ކައުންސިލެއް ނޫން: ޝަމާއު

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުތަކަށް ނިކުތުމަށް ވަކި ވަކި ހުއްދަތަށް އެދި ހުށަހަޅަން ޖެހޭނީ ފުލުހުންގެ އިދާރާއަށް ކަމަށާއި، އެ މަސައްކަތްތައް ކުރިޔަށް ގެންދަނީ ސިޓީ ކައުންސިލުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ނިއު ނޯމަލްއަކަށް ތައްޔާރުވެ، ލޮކްޑައުންއަށް ލުއިތަކެއް ދިނުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު ވަރަށް ގިނަ ކަންތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން އަމަލު ކުރަމުން އައި ބައެއް އުސޫލުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު ވަކިން ވަކީން ހުއްދަތައް ދޭ އުސޫލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަމަށް އެދި މެސެޖު ފޮނުވުމުން އެ އޮންނަ އުސޫލެއްގެ ތެރެއިން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް، ބޭރަށް ނިކުތުމުގެ ހުއްދަތައް ދޫކުރެވެމުން ދާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ބަދަލުތައް އައީ ވިޔަފާރިތައް ހުޅުވުގެ ހުއްދަތަކަށް ކަމަށެވެ. އަދި އެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓްގެ ޕޯޓަލްއަށް ކަމަށާއި، ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު ފުލުހުންގެ އިދާރާއަށް އެކަން އެނގުމުން އެ އިދާރާއިން ހުއްދަތައް ދޫކުރުމުން ދާނެ ކަމަށެވެ.

މި މައުލޫމާތުތައް އިތުރަށް ތަފްސީލުކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މީގެ ކުރިން ވެސް ފާހަގަކުރި ގޮތަށް، ވަކި ވަކިން އާއްމުން އެދޭ ހުއްދަތަކަށް ހުށަހަޅަން ޖެހޭނީ ފުލުހުންނަށް ކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ކަންތަކާއި ގުޅޭ ކަންތައް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

”މެޑިކަން ކަންތައްތަކުގަ، މޫވްމެންޓްސް އެއް ރަށުން އަނެއް ރަށަށް ދާން ޖެހުނު ކަމުގައި ވިޔަސް އަޅުގަނޑުމެން އެ ޕާމިޓްސް ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ. އަދި ޝޮޕިން ޕާމިޓުތައް އެއް ޕާމިޓުން ތިން ޕާމިޓަށް ވެގެން ދާއިރުވެސް މި ހުއްދަތައް އަޅުގަނޑުމެން ދޫކުރަމުން ދާނީ“ ނަވީން

ނަވީން ވިދާޅުވީ މަގުތަކުގައި އުޅޭއިރު އަތުގައި ޕާމިޓު އޮންނަން ޖެހޭނެ ކަމަށެވެ. އަދި މަގުތަކުގައި އުޅޭއިރު ވެސް އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް އުޅުމަށް ނަވީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން މީޙުންނަށް ހިދުމަތް ދޭ ތަންތަނުގައި މާސްކުތައް އެޅުމާއި އަދި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ނަވީން ވިދާޅުވިއެވެ.

މާލޭގައި އެންމެ ފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ ލޮކްޑައުންއަށް ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދެ ހަފްތާ ތެރޭގައި ގިނަ ވިޔަފާރިތަކެއް ހުޅުވަން ވަނީ ހުއްދަ ދީފައެވެ.

އޭގެ ތެރޭގައި ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހިމެނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: