ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއިނުންގެ ރޭވުންތަކުން ގައުމު ސަލާމަތްކުރުމަށް މަސައްކަތްކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާންޖެހޭ: ދިފާއީ ވަޒީރު

ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހާއިނުންގެ ރޭވުންތަކުން ގައުމު ސަލާމަތްކުރުމަށް މަސައްކަތްކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ދިވެހީން މިއަދު ވާންޖެހޭ ކަމަށް ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާައި ދިވެހި ސިފައިންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ވަޒީރު ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، ދިވެހީންގެ މަދު ބަޔަކާއި ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން އުދުވާނީ ހަމަލާއަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއެއް ކަމަށެވެ. އަދި އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ގައުމު ބަނަކޮށްލި، ދިވެހީންގެ ލޯތަކުން ކަރުނަ އޮހޮރުހުނު ދުވަހެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ނަސްރުގެ ދުވަހުގައި ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށެވެ.

”ނަސްރުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު. އެ ދުވަހު ދީނާއި ގައުމަށް ޓަކައި ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ދައްކައިދިނީ އެކަން،“

ވަޒީރު ފާހަގަކުރެއްވީ އެ ދުވަހު ޝަހީދުވި ބޭފުޅުން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށެވެ. އަދި އެ ބޭފުޅުންނަށް ޓަކައި ތާއަބަދު މި ގައުމު ފަހުރުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ދިވެހީން ވާންޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

”މިއަދު އަޅުގަނޑުމެން ވެސް ވާންޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން މި ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް،“

ޝަހީދުންގެ ޒިކުރާ އައުކުރުމާއެކު އެ ބޭފުޅުންގެ ފުރާނަތައް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުމަށް އަދި ގައުމު ތާއަބަދު މިނިވަންކަންމަތީގައި ލެހެއްޓެވުމަށް ވަޒީރު ހަސަން ރަޝީދުގެ މެސެޖުގައި ދުއާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: