ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި އާންމު ވޯޓަކަށް ގޮވާލަން ބާއްވާ އެއްވުން ފަސްކޮށްފި

"ދިވެހީންގެ ބިން ދިވެހީންނަށް" އެ ޝިއާރުގެ ދަށުން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވަކަން އިއުލާނިކުރި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި އާންމު ވޯޓަކަށް ގޮވާލަން ބާއްވަން ނިންމި އެއްވުން ފަސްކުރަން ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ނިންމައިފިއެވެ.

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އީގަލް ހިލްސްއާއެކު ހިންގަން ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއުއާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި އެ މައްސަލައިގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭކަމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕީއެންއެފް އަދި އެމްޑީޕީގެ ބައެއް މެމްބަރުން ގުޅިގެން ދަނީ ”ދިވެހީންގެ ބިން ދިވެހީންނަށް“ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.

އެ ހަރަކާތުން މި މަހުގެ ހައެއްވާ ހުކުރު ދުވަހު އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާކަން އިއުލާނުކުރިނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، މި އެއްވުމުގައި އެމްޑީޕީގެ އިތުރުން އެހެން ފަރާތްތަކުން ރަސްމީކޮށް ބައިވެރިވުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، އެއްވުން އިތުރަށް ބޮޑުކުރުމުގެ ގޮތުން މި މަހުގެ 13 ވަނަ ދުވަހަށް އެއްވުން ފަސްކޮށްފައިވާކަމަށް އަލީ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިދިކޮޅުން ބުނަމުންދަނީ އެ މަޝްރޫއަކީ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވާން ފުރުސަތު ލިބި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަސަރުކުރާނެ ފަދަ މަޝްރޫއެއް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބޯހިޔާވަހިކަމަށް ހިއްކި ބިމެއްގެ 500 ހެކްޓަރު ދޫކޮށްލާއިރު، މަޝްރޫއިން ރާއްޖެއަށް ލިބެން އޮތީ ކުޑަ ފައިދާއެއް ކަމަށް ބުނަމުންދެއެވެ.

ރަސްމާލެ މަޝްރޫއުއާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ. އަދި އެފަދަ ވޯޓެއް ނުނަގާނަމަ މާލޭގެ މަގުތައް ފުރާލަން އެ ޖަލްސާގައި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައިފައެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް ވަނީ އެ މައްސަލައިގައި އާންމު ވޯޓެއް ނަގަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެ ޕާޓީގެ ޕީޖީން ބުނެފައިވަނީ، އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ހައްސާސް މައްސަލައަކަށް ވާތީ އެ މައްސަލަ މަޖިލީހުން ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ބަހުސްކުރުމަކާ ނުލައި ގަރާރުތައް ވޯޓަކުން ބޭރުކޮށްލެވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: