ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިނޯރިޓީ ލީޑަރު ހުންނެވީ ޤާނޫނު އަސާސީ އިސްލާހުކުރަން ދޫދެއްވާ ގޮތަށްނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެކޮޅު ހައްދަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލަށް ބަދަލު ގެނައުމަށް ސުޕްރީމް ކޯޓުން ދިން ލަފައާއެކު މުޅި މަޖިލީހުގެ ކޮމިޓީއަކުން ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިންތިގާލީ މާއްދާއެއް އިތުރު ކުރަން ފާސްކުރިއެވެ.

ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލުގެ މަސައްކަތް އަވަސްކުރުމަށް މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމްއާއި އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށާއި ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ.

”މަޖިލީހުގެ މައިނޯރިޓީ ލީޑަރު މިހާރު މަޖިލީހުގެ އިދާރާއަށް އަންގާފައިވޭ، މައިނޯރިޓީ ލީޑަރު އެއްބަސްނުވަމޭ މަސައްކަތް އަވަސް ކުރަން، ބޭނުންފުޅު ވަނީ ގަވާއިދުގައި މިހާރު އޮންނަ ގޮތަށް ކުރިއަށް ދާން ކަމަށް“ ރައީސް ނަޝީދު

މަޖިލީހުގެ ގަވާއިދުގައި ބުނަނީ ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެގެން ކަމަށް ޤަވައިދުގައިއޮވެއެވެ.

ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ ބާބެއްލުން ނުވަތަ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ކައުންސިލަރުން އިންތިހާބު ކުރުމުގެ އުސޫލުތައް ބަޔާން ކުރާ 231 ވަނަ މާއްދާއަށް އިތުރު އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެ ސުޕްރީމް ކޯޓުންވަނީ މަޖިލީހަށް ލަފާދީފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މަޖިލީހުގެ ތަޅުމުގައި އަދި ވޯޓަކަށް އަހަން ޖެހެ އެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ފާސްވާނީ އެ ވޯޓުގެ އަޣުލަބިއްތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: