ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ.ގުރައިދޫގައި ހިނގައިދިޔަ މަރުގެ މައްސަލަ: އަނިޔާތަކާއި އެކު އޮއްވާ ފެނުނު ބިދޭސީ މީހާ ހައްޔަރަށް!

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ގުރައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އިތުރު ބިދޭސީއެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

 ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު މަރާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 01:00 ޖަހާ ހާއިރު އެވެ. މައްސަލައާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާއަށް ހަމަލާ ދީ މަރާލި މައްސަލައިގައި 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިޔަށް ދިޔައިރު، ދެ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް މަރާއި ގުޅޭ ފޮރިންސިކް ހެކި ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ބިދޭސީ މީހާ މަރާލާފައި އޮއްވާ ފެނުނީ ގުރައިދޫގެ ސިނާއީ ސަރަހައްދު ކަނޑަރުގައި އޭނާ ދިރިއުޅެމުން އައި ސަރަހައްދުންނެވެ. މާރާލައި އޮއްވާ ބިދޭސީ މީހާ ފެނުނު އިރު އޭނާގެ ގައިގެ ގިނަ ތަންތަނަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްފައި ވެއެވެ. ބިދޭސީ މީހާއަށް ލިބިފައި ހުރި ޒަހަމްތަކުގެ ސަބަބުން އޭނާ ގޮހޮރު ވެސް ބޭރުވެފައިވާ ކަމަށް ރަށުގެ މީހުން ބުނެއެވެ.

އެރޭ ކަންތައް ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށް އެ ރަށުގެ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން އެހެން ގެއެއްގައި ޒަހަމްތަކާއި އެކު އޮތް ބިދޭސީއެއް ފެނުނެވެ. އޭރު އޭނާގެ އަތުގެ އިނގިލިތަކާއި ބޮލަށް ހުރީ ގެއްލުން ވެއެވެ. އަދި އޭގެ ސަބަބުން ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ވެސް ދިނެއެވެ.

އެހެން ނަމަވެސް، ރަށުގެ ބައެއް މީހުން ބުނާ ގޮތުން، ބޮލަށް ލިބިފައި ހުރީ އޭނާގެ މައްޗަށް ޝައްކު ނުވާނެގޮތަށް ކަންތައް ކުރުމަށް އަމިއްލައިން ދީފައި ހުރި އަނިޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: