ކޮވިޑާއިގުޅިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 39 ބިދޭސީއެ އްބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވް ވީ 39 ބަންގްލަދޭޝްގެ މީހުން ކަމަށެވެ.
ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތަކަށް މާބޮޑު ބަދަލެއް ނާންނައިރު، ފެންނަ ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު ވެސް އުޅެނީ 40 އިން މަތީގައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ކޮވިޑު ފަދަ ނުރައްކާތެރި ބައްޔަކާއި ބަލާ އެއީ ބޮޑު އަދަދެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ދަށް ކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ ލޮކްޑައުންނާއި އެކު އެޅި ވަރުގަދަ ފިޔަވަޅުތައް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ކޭސްތައް ފެންނަމުން ދާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން، މާލެ ލޮކްޑައުންއެއްގައި ބޭއްވުމަށްފަހު ލުއިތަކެއް ދޭން ވަނީ ފަށާފައެވެ. އެގޮތުން މިހާރު ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދައިގެ އިތުރުން ހުއްދަތައް ދޫކުރުން ހިމެނެއެވެ. އަދި ފަތިސް ގަޑީ އުމުރުން ދުވަސް ވީ ފަރާތްތަކަށް ބޭރަށް ނިކުތުމުގެއް ހުއްދަތައް ދިނުން ހިމެނެއެވެ.
ބައެއް ފަރާތްތަކުން ދަނީ، ލޮކްޑައުންގެ ލުއިތަކެއް ދިނުމަށް އަދި މާ އަވަސްކަމަށް ފާހަގަ ކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑު ވެގެން ދިޔައީ ވެސް ލުއިތަކެއް ދިނުމުގެ ސަބަބުންނެވެ. ނަމަވެސް އެކަމަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއިން ކޮވިޑުގެ ކޭސްތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ލުއިތަކެއް ދެނީ ފިޔަފަހިތަކަށް ބަހާލައިގެން ކަމަށް ޥާއިރު ސިއްހީ ނިޒާމު މިކަމަށް ތައްޔަރުވެފައިވާ ކަމަށެވެ.

