ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދުވަހަށްފަހު، ނ.މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ނ.މަނަދޫ.ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މެއިމަހުގެ 01 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ނ.މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

މޮނިޓަރިންގ އުވާލިކަން އެންގުމުގެ ގޮތުން އެޗްޕީއޭއިން ނ.މަނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ، ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތްކަމަށެވެ.

މި ގޮތުން މި ހުސްވި މެއިމަހުގެ 01 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ، ޖޫން 01 ވަނަ ދުވަހުގެ 01:05 ގައިކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

މީގެ އިތުރުން، މަނަދޫ މޮނިޓަރިންގ އިން ނެގުމާއެކު، ހާލަތާއި ގުޅިގެން އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތަށް ނިމުމަކަށް ގެނެސްފައިވާކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު، ފާއިތުވެދިޔަ ތަނުގައި އެ އަތޮޅުގެ ގިނަ ރަށްރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. މި ގޮތުން ބަލާއިރު، އެ އަތޮޅު ވެލިދުއާއި، މާފަރާއި، ހޮޅުދޫގެ އިތުރުން ކެނދިކުޅުދޫ ވެސް މޮނިޓަރިންގއަށް ލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: