ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހިބަހާބެހޭ ކޯހެއް ފަށަނީ

ލޮކްޑައުންތެރޭގައި އެކެޑަމީން ކުރިއްށް ގެންގޮސްފައިވާ ކޯހެއް. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހިބަހާބެހޭ ކޯހެއް ކުރިއަށްގެންދަން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފިއެވެ.

މި ކަން ހާމަކޮށް ހޮނިހިރުވިލޭރޭގައި އެކަޑަމީން ބުނީ،    ކޮވިޑު-19ގެ ފުރަބަންދު (ލޮކްޑައުން)ގައި ތިބޭ މިފަދަ ދުވަސްވަރެއްގައި، ސަރުކާރު މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމަށްޓަކައި، ”އޮފީސް ދިވެހި“ ކޯހުގެ  ނަމުގައި އޮންލައިން ކޯހެއް ކުރިއަށް ގެންދަން  ހަމަޖެހިފައިވާކަމަށެވެ.

މި ކޯސް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ، ގޭގައި ތިބެގެން މާދަރީބަހުގެ އަދަބީ ހުނަރުތަކާއި، ބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތައް އަންގައިދިނުމާއި، ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް، އެ މަގު ތަނަވަސްކޮށްދިނުންކަމަށް އެކެޑަމީން ބުނެފައިވެއެވެ.

ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހިއްސާކުރަމުން އެކެޑަމީން ބުނީ، 10 ޖޫންގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދޭނީ 20 ގަޑިއިރުގައިކަމަށާއި، އެއްވެސް ފީ އަކާނުލައި ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ގޮތުން އެކެޑަމީންވަނީ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން، ކޯހުގައި ބައިވެރިވާން އެދޭ  މުވައްޒަފުން، ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކެޑަމީއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން އެދޭނަމަ 7986230 މެދުވެރިކޮށް އެ ކަންކަން ކުރިއަށްގެންދިއުމަށް އެކެޑަމީންވަނީ އެދިފައެވެ.

ދިވެހި ބަހުގެ އެކެޑަމީން، ”އޮފީސް ދިވެހި“ ކޯހުގެ  ނަމުގައި އޮންލައިން ކޯހެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާލޭ ސިޓީ ލޮކްޑައުންކުރިފަހުން،  އޮންލައިންކޮށް މިފަދަ ތަފާތު ކޯސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ގޮތުން، ޅެންހެދުމުގެ ހުނަރު ދަސްކޮށްދޭ ކޯހާއި، ވާހަކަދެެއްކުމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން ކޯހާއި، ނާވިލު ލިޔަން ދަސްކޮށް ދިނުމުގެ ކޯހެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ހުރިހައި ކޯސްތަކަކީ ވެސް ޢާންމުންނަށްޓަކައި ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ ކޯސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: