ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންއާއި ގުޅިގެން އެމްޕީއެލްއިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ފޮޓޯ:އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއާއި ގުޅިގެން މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުގެ (އެމްޕީއެލް)ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މި ކަން ހާމަކޮށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން
ހޯމަވިލޭރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑާއި ގުޅިގެން އޭޕްރީލް 15 އިގައި މާލެ ލޮކްޑައުންކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓާމިނަލްގެ މަސައްކަތްކުރުމުގެ ގަޑިތަކަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

އެމްޕީއެލްއިން ބުނީ،  ލޮކްޑައުންއަށް ލުއިދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް، ވަކި އުސޫލެއްގެ ދަށުން އޮފީސްތައް ހުޅުވާލުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، 01 ޖޫންއިން ފެށިގެން އެ ކުންފުނިން މަސައްކަތްކުރަމުންދާނެ ދުވަސްތަކާއި ގަޑިތަކަށް ވެސް ބަދަލުއައިސްފައިވާ ކަމަށެވެ.

މި ގޮތުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 07:30 އިން ފެށިގެން ރޭގަނޑު  11:30 އަށް، މާލޭ ކޮމާޝަލް ހާބަރާއި، ހުޅުމާލޭ ޓާމިނަލުން ޚިދުމަތް ފޯރުކޮށްދޭނެކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: