ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިންތިހާނުގެ ނަތީޖާ ލިބެން މާގިނައިރެއް ނެތް، ބުނަނީ 70 ޕަސެންޓުން ފާސްވާނެ ކަމަށް!

ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ދަންވަރު 01:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބު ފަސްކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމިދާނެ ކަމާއިމެދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އެތައް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އަދި މަޖިލީހުގެ ޖަލްސާގައި އާއި ޓްވިޓާ ތެރޭ ވަރަށް ގިނަ ބަހުގެ ހަމަލާތައް ރައްދު ކުރިއެވެ. އެއާއި އެކު އެންމެ ފަހުން ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފައެއް ހޯދާ ކިރިޔާ ވެސް ކުރިޔަށް ދާނެ މަގެއް އެމްޑީޕީއަށް ހޯދުނީ ވަރަށް ވަގުތު ކުޑަވެފައި ވަނިކޮށެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު ހައްލު ހޯދަން ޖެހޭ ކަމަކީ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތައް ތިބެވޭނެ ގާނޫނީ ހައްލެވެ. އެކަމަށްޓަކައި ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ 65 މެމްބަރުންނެވެ. އޭގެ ތެރެއިން ފަސް މެމްބަރެއް ހުންނެވީ ކަރަންޓީނުގައެވެ. އެއާއި އެކު ރިޔާސަތުގައި ހުންނަވާ ބޭފުޅަކަށް ވޯޓުގައި ބައިވެރި ނުވެވޭއިރު، ރައީސް ނަޝީދަށް ވޯޓުގައި ބައިވެރިވެވޭނެ ހަމައެކަނި ގޮތަކީ ވޯޓު އެއްވަރު ވެއްޖެ ހާލަތެއްގައެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރާއިރު ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެ ހާލަތެއް ނައަންނާނެއެވެ. 

ސަންގުއާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީގެ މެމްބަރަކު ވިދާޅުވީ، އެ ފަސް މެމްބަރުން ވެސް މިރޭގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށާއި، ވޯޓު ކާމިޔާބު ކުރާނީ 70 ވޯޓާއި އެކު ކަމަށެވެ.

ކަރަންޓީނުން ދޫކޮށްފައި ތިބި މެމްބަރުން މިރޭގެ ޖަލްސާއަށް ވަޑައިގެންފިނަމަ ވޯޓުގައި ތަޅުމުގައި ޕާޓީގެ 64 މެމްބަރުން ތިއްބަވާނެއެވެ. އަދި ރައީސް ނަޝީދު ރިޔާސަތުގައި ހުންނެވުމުން 63 މެމްބަރަކު ވޯޓު ލާނެއެވެ. އެހެން ނަމަވެސް، ގާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮޅަށް ވޯޓު ދެއްވި 04 މެމްބަރުން އަދި ތިބީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށް ”ސަންގު“ އާއި ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވިއެވެ.

އެހެން ކަމުން އެމްޑީޕީން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ނަގާ ވޯޓުގައި މިރޭ ލިބޭނީ 59 ވޯޓެވެ. ޖުމްހޫރީ ޕާޓީގައި ތިއްބަވަނީ 05 މެމްބަރުންނެވެ. މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެކު އެހެން މެމްބަރުން ބައިވެރިވާނެކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޕާޓީގެ އިސްފަރާތަކުން މައުލޫމާތު ދެއެވެ. އެހެން ކަމުން ޖޭޕީގެ ވޯޓު ހިމަނައިފިނަމަ 64 ވޯޓު ލިބޭނެއެވެ. ފާސްވާން ބޭނުންވަނީ 66 ވޯޓެވެ. ގާނޫނު އަސާސީގެ 261 ވަނަ މާއްދާ ބުނާގޮތުން، ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 66 މެމްބަރުންގެ ވޯޓެވެ. 

ދެން އޮތީ އިދިކޮޅު ޕީޕީއެމާއި، ޕީއެންސީއެވެ. އިދިކޮޅު މެމްބަރުން ތިއްބެވީ ގާނޫނު އަސާސީ އިސްލާކޮށް މިހާރު މިއޮތް ބިލަށް ތާއީދު ކުރާ ގޮތަކަށް ނޫނެވެ. އިދިކޮޅުން މަޖިލީހުގައި ތިބީ 09 މެމްބަރުންނެވެ. އެހެން ކަމުން މިއީ އެމްޑީޕީއަށް ލިބެން ނެތް ވޯޓެކެވެ.

މަޖިލީހުގައި ތިބި އަމިއްލަ މެމްބަރުންގެ އަދަދަކީ 06 އެވެ. އަމިއްލަ މެމްބަރުންގެ ތެރޭގައި ހިމެނެނީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، ނިލަންދޫ ދާއިރާ މެމްބަރު އަބްދުލް މުހްސިން ހަމީދު، ވިލިނގިލި ދާއިރާ މެމްބަރު ސައުދު ހުސެއިން، ނޮޅިވަރަން ދާއިރާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ، ވިލިމާލެ ދާއިރާ މެމްބަރު އަހުމަދު އުޝާމް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މި މެމްބަރުންގެ ވޯޓާއި އެކު އެމްޑީޕީއަށް ކުރިޔަށް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސުވާލަކީ ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކުރަން އެމްޑީ÷ީއާއި ސަރުކާރުން ކުރާ މަސައްކަތުގެ މަބީޖާއަކީ ކޮބައޮތޯއެވެ. ؟ ރައީސް ނަޝީދު އޭރު ކުރައްވަން ބޭނުންފުޅު ނުވި ކަންތައް ކުރަން މިޖެހުނީ ވަގުތު ކުޑަތަންވީ ފަހުންނެނެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރުން ނޫން ގޮތެއް ރައީސް ނަޝީދަށް ނެތުނީމައެވެ. ރައީސް ނަޝީދުގެ މި އިންތިހާނުގެ ނަތީޖާ އަންނާކަސް ދެން މާ ގިނަ އިރެއް ނެތެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: