ގާނޫނުއަސާސީ އިސްލާހުކުރުމާމެދު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށް، މިރޭ މެންދަމު 01:30 ގައި ބޭއްވުމަށް ތާވަލު ކުރި ޖަލްސާ 02:30 އަށް ފަސްކޮށްފިއެވެ.
މިރޭ 01:30 ގައި ބޭއްވުމަށް ތާވަލު ކުރި ޖަލްސާ، އިތުރު އެއް ގަޑިއިރަށް ފަސޮށްފައިވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭނުންވާ ވޯޓު ހަމަނުވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. ނަމަވެސް، އެމްޑީޕީގެ މަޖިލީސް މެމްބަރަކު ވަނީ ”ސަންގު“ އާއި ވާހަކަ ދައްކަވާ 70 ވޯޓު ލިބޭނެކަން ކަށަވަރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މައުލޫމާތު ލިބޭގޮތުން ވޯޓު ހަމަ ކުރުމުގެ ގޮތުން، މާލޭން ބޭރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކުރި މަޝްވަރާއާއި އެކޮށް ވަނީ ޖަލްސާއަށް ހާޒިރުވެފައެވެ

