ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެތެރޭގައި 27 ދިވެހިން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މި ކަން ހާމަކޮށް ކުރި ޓްވީޓުގައި ބުނީ، ޕޮޒިޓިވްވި މީހުންގެތެރޭގައި 27 ދިވެހިން ހިމެނޭކަމަށެވެ. މީގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 29 މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
https://twitter.com/HPA_MV/status/1267524007852728320?s=19
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ޕްރެސްގައި މަބްރޫކް ވިދާޅުވި ގޮތުގައި، މި 56 މީހުންނަކީ، އާދިއްތަ ދުވަހުގެ 18:00 އިން ފެށިގެން، ހޯމަދުވަހުގެ 18:00 އަށް ރެކޯޑްކުރެވުނު ކޭސްތައްކަމަށެވެ.
އިތުރު 27 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ 35 މީހަކު މިއަދު ބަލިން ރަނގަޅުވެ، ޖުމްލަ އަދަދުވަނީ 488 އަށްް އިތުރުވެފައެވެ. އަދި ކޮވިޑް ޖެހުނު މީހުންގެެ އަދަދު މިވަނީ 1829 އަށް އިތުރުވެފައެވެ.

