ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ 74 މެމްބަރުންގެ ވޯޓުންނެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރިއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ވެސް މަޖިލީޙުން ވަނީ ހޯދާފައެވެ. 

ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ކޮމެޓީ މަރުހަލާގައި ބޮޑު ބަދަލެއް ގެނެސް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެގޮތުން އަލީ އާޒިމް ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ދެމި އޮންނާނެއެވެ. އަދި އަލީ އާޒިމް ހުށަހެޅި ދެ ވަނަ އިސްލާހަކީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތައް ދެމި އޮތް ނަމަވެސް ކައުންސިލްތަކުން ކުރާނެ ކަންތައްތަކާއި މަސްއޫލީއްޔަތު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަގުތީ ގާނޫނަކުން ކަނޑައެޅުމަށެވެ. އެ ގާނޫނަކީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވައު ކުރުމުގެ ހާއްސަ ބިލެވެ. 

ސުޕްރީލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މަޖިލީހަށް ދިން ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެނެވޭނީ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ގެނެވޭ އިސްލާހަކުން ކަމަށެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި،  ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމަށް ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައި ނުވާކަމަށް އެ ލަފާގައި ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: