ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޓަކާ ޓަކާ“ ގޮވައިގެން އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުން ހުތުރު: ރައީސް ނަޝީދު

އައްޑު އަތޮޅު ހުޅުދޫގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

”ޓަކާ ޓަކާ“ ގޮވައިގެން އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުން ހުތުރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ދަަންނަ އެމްޑީޕީއަކީ ތިމާގެ ވިސްނުން ނޭފަތުގެ ކުރިއަށް ވުރެ ދުރަށް، ރަށު ގޮނޑުދޮށުން ދުރަށް، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދިޔުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ މަލްޓިކަލްޗަރަލް އަދި ލިބެރަލް ވިސްނުމެއްގެ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ރާއްޖޭގެ ތަނަވަސް އާއިލާއަކުގެ ބޭފުޅުން ލަންކާ ގައްޔާއި މާލޭގައި ބިމާއި ގެދޮރު ހުރެމެ، އަދި ދަރިންވެސް ބޭރު މީހުންނާއި ކައިވެނިކޮށްގެން ބައިތިއްބާމެ، ޓަކާ ޓަކާ ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް“

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއަކީ ރާއްޖޭގައި ޣައިރުދީންތަކުގެ މީހުން ވަަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއްކަމަަށް ސިފަކޮށް އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީ ބައިވެރި ވެއެވެ. އެކަމަކު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫއަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: