ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ބަންދުކުރަން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިދުގެ މަގްޝޮޓް/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި މަހުގެ ކުރީކޮޅު ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މީގެ ކުރިން ވަނީ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދިވެސް އޭނާ ގެންދަވަނީ އެ ބަންދުގެ މުއްދަތު ތަންފީޒުކުރައްވަމުންނެވެ.

އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދަށު ކޯޓުން ނެރުނު އަމުރަށް މިއަދު ހައިކޯޓުން ތާއީދުކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ ހައިކޯޓުގައި ޝާހިދުގެ ބަންދުގެ މައްސަލައިގައި ހުކުމްކުރުމުގެ އަޑުއެހުން ތާވަލުކުރީ އޭނާގެ ނަން ސިއްރުކޮށްގެންނެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު ކުށުގެ ތުހުމަތުގައި ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. އޭނާގެ ބަންދުކުރީ ނޮވެމްބަރު ތިން ވަނަ ދުވަހުއެވެ.

ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން ޝާހިދު ވިދާޅުވެފައިވަނީ، އެއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: