ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ޝަރީޢަތްތަކުގެ މަޖިލިސްތައް ލައިވްކުރަން ފަށަނީ

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ޝަރީޢަތްތަކުގެ މަޖިލިސްތައް މީސްމީޑިއާ(ސޯޝަލް މީޑިއާ) މެދުވެރިކޮށް ދައްކަން ނިންމައިފިއެވެ.

ހައިކޯޓުން މިއަދުކުރި ޓްވީޓެއްގައި ބުނީ، އެ ކޯޓުން ހިންގާ ޝަރީޢަތުގެ މަޖިލިސްތައް ދައްކަން ނިންމާފައިވާކަމަށާއި، ފުރަތަމަ ޝަރީޢަތުގެ މަޖިލިސް މިއަދު އޮންނާނެކަމަށެވެ.

މި ގޮތުން މިއަދު 11:30 ގައި ކުރިއަށްދާނީ، ދަޢުލަތާއި ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުންކަމަށް ހައިކޯޓުން ހާމަކުރެއެވެ.

ހައިކޯޓުގެ ޝަރީޢަތްތައް މިއަދު ލައިވްކުރަން ފަށާނެކަން ހާމަކޮށްފައިވާއިރު، މީގެ ކުރިން އެ ކޯޓުންވަނީ، ސަރުކާރުގެ އިދާރާތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ޝަރީޢަތްތައް ކުރިއަށް ގެންދަން ނިންމާފައިވާ އުސޫލެއް އެކުލަވާލާފައެވެ.

މި ގޮތުން، ވޭތުވެދިޔަ އޭޕްރީލް މަހު، ޢާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން، މި ދުވަސްވަރުގައި އެ ކޯޓުން ކުރިއަށް ގެންދަން ނިންމާފައިވަނީ، ބަންދު އަމުރުތަކާއި، ވަގުތީ އަމުރުތަކާއި، ކޯޓު އަމުރުތަކުގެ މައްސަލަތަކާއި، ޙުކުމް ތަންފީޒުކުރަން ފަސްކުރަން އެދިފައިވާ މައްސަލަތަކާއި، ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން، އަޑުއެހުން ނިމިފައިވާ މައްސަލަތަކެވެ.

އަދި މި މައްސަލަތަކުގެ އިތުރުން، އެހެން ބާވަތުގެ މައްސަލައެއް އަވަހަށް ކުރިއަށް ގެންދަން ފެނިއްޖެ ހިނދެއްގައި، އެފަދަ މައްސަލައެއްގެ ޝަރީޢަތް ހިންގިދާނެކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުގެ ޝަރީޢަތްތައް ސޯޝަލް މީޑިއާގެ ޒަރީޢާއިން ޢާންމުކުރަން ނިންމާފައިވާއިރު، ހުސްވި ހަފްތާގެ އަންގާރަ ދުވަހުގައި ސްޕްރީމް ކޯޓުން ވެސް ވަނީ އޮންލައިންކޮށް ޝަރީޢަތްތައް ދައްކަންފަށާފައެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ޝަރީޢަތްތައް ވެސް، އޮންލައިންކޮށް ކުރިއަށްގެންދަން އެ ކޯޓުން ނިންމާފައިވެއެވެ.

ހަމައެއާއެކު ލޮކްޑައުންގެ މި ދަނޑިވަޅުގައި،ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވެންހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ވެސް ވަނީ ނިންމާފައެވެ.

އަދި ހަމައެއާއެކު، ‏ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލާ ގުޅިގެން ރެޑް އެލަރޓްގެ ހާލަތުގައި ފެމިލީ ކޯޓުގެ ޝަރީޢަތްތައް ކުރިއަށްދާނެގޮތާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި، ފެމިލީ ކޯޓުން ކޮށްދޭ ކައިވެނިތަކުގެ މަޖްލިސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: