އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފިއެވެ.
އައްޑޫ ސިޓީގައި، ކޮވިޑަށް-19 އަށް ޓެސްޓްކުރުމަށް ހަމަޖައްސާފައިވަނީ، އެ ސިޓީގެ ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލުންނެވެ.
މި ކަން ހާމަކޮށް އިކްއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19 ޓެސްޓިން ކިޓް ލިބިފައިވާކަމަށާއި، ޕީސީއާރް ޓެސްޓު ހެދުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.
https://twitter.com/aeh_mv/status/1272020936007409664?s=19
މި ގޮތުން އިކްއެޓޯރިއަލްގައި ޓެސްޓްކުރަން ފެށުމާއެކު، އައްޑޫ ސިޓީ ވަނީ މާލެ ސިޓީ ފިޔަވައި، ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރެވޭ ފުރަތަމަ ސިޓީއަށްވެފައެވެ. މާލޭ ސިޓީގައި ކޮވިޑަށް ޓެސްޓްކުރަމުން އަންނަނީ، އައިޖީއެމްއެޗާއި، އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބޯޓްރީގައެވެ.
ކޮވިޑް-19 އާއި ގުޅިގެން، ރާާއްޖޭގެ އަތޮޅުތަށް 05 ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑްއަށް ފަރުވާދޭނެ ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭގެތެރެއިން އެއް ރަށަކީ އައްޑޫ ސިޓީއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، 20 އެނދުގެ އައިސީޔޫއަކާއި، 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއްކަމަށެވެ.

