ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ވަރަކަށް ފުލުހުސް އޮފީހަށް ގެންދިޔަސް ޝަކުވާއެއް ނެތް: މުޢިއްޒު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިދާރާއަށް ކިތަންމެ ވަރަކަށް ހާޒިރުކުރިޔަސް އެކަމާއި އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ ދަނޑިވަޅާއި ސުވާލު އުފެދޭ ކަމަށް ޕީޕީއެމްގެ ނައިބުރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުމާއި ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް ނެތް ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ފުލުހުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އިޙުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ކަންކަން ކުރާގޮތުން ކޮންމެ މީހަކަށްވެސް އެކަމާއިމެދު ޝައްކުގެ ނަޒަރުން ދެކުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮން ފަހަރަކުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހެނީ ކޮންމެސް ކަމަކާއި ގުޅުވައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނޫމަޑި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެކަމާއި ގުޅިގެން މަޖިލީހުގެ ކޮމިޓީއަށްވެސް ހާޒިރުކޮށްފައިވާ ކަމަށާއި އެކޮމިޓީގައި ދެ ގަޑިއިރަށްވުރެ ގިނައިރުވެފައި މެންބަރުންގެ އެތައް ސުވާލަކަށް ޖާބުދިން މަންޒަރު ލައިވްކޮށް ދައްކާފައިވާ ކަމަށް މުޢިއްޒު ވި ދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންމެފަހަރަކުވެސް ފުލުހުންގެ އިދާރާއަށް ހާޒިވާންޖެހޭ ދުވަސްވަރު ދިމާވަނީ ސުވާލު އުފައްދަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ހާޒިރުވާންޖެހުނީ މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކުރި ހިސާބުން ކަމަށާއި ދެވަނަ ފަހަރަށް ހާޒިރުވާންޖެހުނީ ހިޔާ މަޝްރޫޢުގެ ފްލެޓުތަކުގެ ވާހަކަ ދައްކަވަން ފެއްޓިވި ހިސާބުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ފުރަތަމަ އަޅުގަނޑު ގެންދިޔައީ މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާންކަން އިއުލާންކުރި ހިސާބުން، ދެވަނަ ފަހަރަށް މި ގެންދިޔައީ ފްލެޓުތަކާއި ބެހޭގޮތުން އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތުތަކެއް ވާހަކަ ދައްކަން ފެށި ހިސާބުން، އެހެންވީމަ މިހެންނެއް ނޫން ކަންނޭގެ ސަރުކާރުގެ ސިޔާސަތުތައް ހުންނަންވާނީއެއް، މިކަން މިދަނީ ރައްޔިތުން ބަލައިގަންނަ ކަހަލަ ގޮތަކަށް ނޫން ކަންނޭގެ، މައްސަލައެއް އޮތިއްޔާ ވަކި ފަރާތަކަށް ނުޖެހި ބަލަންވީ“ މުޢިއްޒު

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮތް ކަމަށެވެ. އަދި މިވަގުތު އިދިކޮޅު ފަރާތްތަކުން މާލޭ ސިޓީގެ މޭޔަރަކަށް ނުކުންނަވާފައި ވަނިކޮށް، އެކަމަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ޤަބޫލު ކުރެއްވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މޭޔަރުކަމަށް ވާދަކުރަން އިދިކޮޅުން ނުކުމެ ހުރި ކެންޑިޑޭޓް ”ދުއްވާލުމަށްފަހު“ ބާއްވާ އިންތިޚާބެއް ބައިނަލް އަޤުވާމީ މުޖުމައުން ވެސް ބަލައި ނުގަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އިރު އިރު ކޮޅާ އިދިކޮޅު ކެންޑިޑޭޓެއް ނުވަތަ ލީޑަރެއް ގެންގޮސް ހައްޔަރު ކުރުމަކީ ޑިމޮކްރަސީއަކަށް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ އެތައް މައްސަލައެއް ހުއްޓާ ހަމައެކަނި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފަހަތުން ދުވުމަށް ސަރުކާރެއްގެ ސިޔާސަތުތައް ބައްޓަންވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.  އަދި ސަރުކާރުގެ ވިސްނުން ބަހައްޓަންވީ ރައީސް ޔާމީނާއި އިދިކޮޅު މީހުން ހައްޔަރުކުރުމުގެ ބަދަލު ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: