ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، އާމިނަތު އަމީނާ ޢައްޔަންކުރައްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، އާމިނަތު އަމީނާ(އަނާ) ޢައްޔަންކުރައްވައިފިއެވެ.

ލ.ކުނަހަންދޫ، ހަނދުވަރީގޭ އާމިނަތު އަމީނާ، މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރައްވާފައިވަނީ، ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން، ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން، މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އަމީނާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވެސް، ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ ދާއިރާގެ އެވޯޑް ދެފަހަރެއްގެ މަތިން ހާސިލުކުރައްވާފައިވާ އަމީނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ، ވީމީޑިޔާގެ ސީނިއަރ އެޑިޓަރެއްގެ މަޤާމެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަމަށް އަމީނާ މިއަދު ޢައްޔަންކުރައްވާފައިވާއިރު، އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ހުސްވި ހަފުތާގެ އަންގާރަ ދުވަހުގައެވެ. މި ގޮތުން އަމީނާ އެ މަޤާމަށް ޢައްޔަންކުރެއްމަށް ފެނިވަޑައިގަންނަވާކަމަށް 63 މެންބަރަކުވަނީ ވޯޓްދެއްވާފައެވެ. އަދި ފެނިވަޑައިނުގަންނަވާކަމަކަށް އެއްވެސް ބޭފުޅަކު ވޯޓުދެއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: