ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އިއްތިހާދުގެ ސަރުކާރު ހަލާކުކޮށްލެއްވީ، ރައީސް ނަޝީދު: ރައީސް ވަޙީދުގެ ދަރިކަލުން

ރައީސް ވަޙީދުގެ ދަރިކަލުން، ޖެފްރީ ސާލިމް ވަޙީދު. ފޮޓޯ: ޓްވިޓަރ، ޖެފްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ އިއްތިހާދުގެ ސަރުކާރު ހަލާކުކޮށްލެއްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދަރިކަލުން ޖެފްރީ ސާލިމް ވަޙީދު ރައްދުދެއްވައިފިއެވެ.

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދަރިކަލުން ޖެފްރީ ސާލިމް، ރައީސް ނަޝީދަށް ރައްދުދެއްވާފައިވަނީ، އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ވަޙީދުގެ ދެކަނބަލުންނާއި ދިމާކޮށް ހަޑިހުތުރުބަހުން މުޢާމަލާތްކުރި މައްސަލަ ހޫނުވެފައިވަނިކޮށް، ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މި ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ކުރީގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ބަދަލުކުރައްވާ
އިންތިޚާބު ނުވެ ރައީސްކަން ކުރެއްވިކަމަށް ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ދެކޭކަމަށް، އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ރައްޔިތުންނަށް ކުރީގެ ނައިބު ރައީސް ޑރ.ވަޙީދު ފެނުމުން ”ބާޣީ“ އެ ގޮވޭކަމަށް ވެސް، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވަމުން، ޖެފްރީ ސާލިމް ވަޙީދު ވިދާޅުވީ، ރައީސް ވަޙީދަކީ، ހުރިހައި އިރެއްގައިވެސް މި ޤައުމަށް ވަފާތެރި ބޭފުޅެއްކަމަށެވެ.

މީގެ އިތުރުން، ޖެފްރީ ވިދާޅުވީ، އޭނާގެ ބައްޕާފުޅުގެ އަރިހުން ނައިބު ރައީސްއަކަށްވެވަޑައިގަތުމަށް، އެދިވަޑައިގަތީ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށާއި، ރައީސް ނަޝީދުގެ ޢަމަލުފުޅުތައް ކޮންމެ ގޮތަކަށްހުރިއެއްކަމަކު، އޭނާގެ ބައްޕާފުޅު މަސައްކަތްކުރެއްވީ އިޚުލާޞްތެރިކަމާއެކީގައި ކަމަށެވެ.

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުއަށް ފުރައްސާރަކޮށްފައިވާކަމަށް، އެ މަނިކުފާނު ވިދާޅުވެފައިވާއިރު، އެމްޑީޕީން އަންނަނީ އެ މައްސަލަ ދިފާޢުކޮށް ވާހަކަދައްކަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: