އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަލުން ހުޅުވާލާފައި މިވަނީ، ކޮވިޑް-19 އިގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން ބަންދުކޮށްފައި ހުރުމަށްފަހުގައެވެ.
މި ގޮތުން ލޮކްޑައުންއަށް ދިން ލުއިތަކާއެކު، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަލުން ހުޅުވާލާފައިވާއިރު، އެ ފިހާރައިން ޚިދުމަތް ފޯރުކޮށްދެމުންދާނީ، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން، ރޭގަނޑު 09:00 އަށްކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ޚިދުމަތް ހޯދަން އަންނައިރު، ކަމާބެހޭ ފަރާތްތަކުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެސްޓީއޯއިން އިލްތިމާސްކުރެއެވެ.
https://twitter.com/stoplc/status/1272145607520448512?s=19
ލޮކްޑައުންއާއި ގުޅިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް
ބަންދުކޮށްފައިވީ ނަމަވެސް، އެސްޓީއޯއިން ވަނީ، އީ-ސްޓޯރ ޤާއިމުކޮށް، އޮންލައިންކޮށް ތަކެތި ގަތުމުގެ އިންތިޒާމު ހަމަޖައްސައި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދީފައެވެ.

