ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އެއްޗެއް ފޭރިގަނެ ވައްކަންކުރާ މީހުންނަށް، ވެރިންނަށް ލިބިވަޑައިންނަވާ އިނާޔަތްލިބެންޖެހޭކަމަށް ޤަބޫލެއްނުކުރެއްވޭ: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އެއްޗެއް، ފޭރިގަނެ ވައްކަންކުރާ މީހުންނަށް، ދިވެހި ވެރީންނަށް ލިބިވަޑައިގަންނަވާ ޙައްޤު އިނާޔާތްތައް ލިބެންޖެހޭކަށް ފެނިވަޑައިނުގަންނަވާކަމަށް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އީވާ ޢަބްދުﷲ މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނަބަލުންނަށް، އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ޖައުފަރު، ހަމަލާދީފައިވާކަމަށް ވިދާޅުވެ، ރައީސް ވަޙީދު އިތުރުފުޅު ހައްދަވައި، އެ ވާހަކަ ފަތުރުއްވަވަމުން ގެންދަވާތީކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ހުށަހެޅުއްވި މައްސަލައިގައި ދެއްކެވި ވާހަކައިގައެވެ.

މި ގޮތުން ދެއްކެވި ވާހަކައިގައި އީވާ ވިދާޅުވީ، ރައީސް ވަޙީދުއާއި ދިމާއަށް ”ކާޅެކޭ“ ކިޔަނީ، ކަޅުވީމާކަށް ރައީސް ވަޙީދު އެބަ ވިދާޅުވާކަމަށާއި، ރޭސިސްކުރާކަމަށް ވެސް އެބަ ވިދާޅުވާކަމަށެވެ. އަދި ދާދި މިދާކަށް ދުވަހު އެމެރިކާ ސިފައިން މަރާލާފައިވާ ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން، ބާއްވަމުންދާ މުޒާހަރާތަކާ ގުޅުވައިގެން، އޭގެތެރެއަށްވެސް ރައީސް ވަޙީދު ވަދެވަޑައިގަންނަވަން އުޅުއްވާކަމަށް ވެސް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން ސަމާލުކަމަށް އެދިވަޑައިގަންނަވަމުން އީވާ ވިދާޅުވީ ”ކާޅޭ“ ކިޔަނީ ކަޅުވުމުން ނޫންކަމަށާއި، އެ ގޮތަށް މުޚާޠަބުކުރެވުނީ،
ވައްކަންކުރެއްވުމުން ކަމަށާއި، ބައެއްގެ އިންސާފާއި، ބައެއްގެ ވޯޓާއި، ޙައްޤު އަސާސްތައް ޖަހައިގަތުމުން ކަމަށެވެ.

”ޢިއްޒަތްތެރި ރައީސް ވަޙީދު އެބަކިޔާ، ބާޣީ ވަޙީދު އެބަކިޔާ އޭނާއާއި ދިމާއަށް ކާޅެކޭ ކިޔަނީ ކަޅޭކިޔާތީއޭ. ރޭސިސްކުރަނީއޭ. އެމެރިކާގަ ހިނގާ ޖޯޖް ފްލޯއިޑްގެ މަރާއި ގުޅިގެން، އެ މުޒާހަރާތަކާ ގުޅުވާފާ އޭނާ އޭގެތެރެއަށް ވެސް ވަދެގަންނަން އެބައުޅޭ. ޢިއްޒަތްތެރި ރައީސް ކާޅޭ ކިޔަނީކީ ކަޅުވީމަކާ ނޫން، ކާޅޭ ކިޔާންފެށީ ޖަހައިގަތީމަ. ވައްކަންކުރީމަ، ބައެއްގެ އިންސާފާ ބައެއްގެ ވޯޓާ ބައެއްގެ އަސާސީ ޙައްޤު ޖަހައިގަތީމަ.“ އީވާ

މީގެ އިތުރުން، އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރު، ރައީސް ވަޙީދަށް ހަމަލާދެއްވިކަމަށް ބުނާ މައްސަލައަށް ނަޒަރެއްދެއްވަމުން އީވާ ވިދާޅުވީ،
އަވަށްޓެރި ޤައުމުތަކުގެ ވެރިންނަށް ޓެގްކުރައްވާ، ރައީސް ވަޙީދު ޓްވީޓްކުރެއްވީ، ”ކުޓުވާންވެގެން“ ކަމަށެވެ. އަދި އެ ޤައުމުތަކުގެ ވެރިންނަކީ، ބޮޑެތި އިންތިޚާބުތަކުން ކާމިޔާބު ހޯއްދަވައިގެން ވެރިކަމާހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންކަމެއް ވެސް، ރައީސް ވަޙީދަށް އެނގިވަޑައެއްނުގަންނަވާކަމަށެވެ. އަދި ރައީސް ވަޙީދުގެ ”ކުޓުވުން“ އަޑުއަހާނެ %5 މީހުން ވެސް ދިވެހި ރައްޔިތުންގެތެރޭގައި ނެތްކަމަށް އީވާ ވިދާޅުވިއެވެ.

”ބާޣީ“ ގެ ނަން، ޑރ.ވަޙީދަށް ނިސްބަތްކުރައްވަމުން އީވާ ވިދާޅުވީ، ރައީސް ވަޙީދު އިސްވެ ހުންނަވައިގެން، 7 ފެބްރުއަރީގައި ކުރެއްވި ”ބަޣާވާތް“ ދިވެހި އެއްވެސް ރައްޔިތަކު ހަނދާން ނުނެތޭކަމަށެވެ. އަދި ދިވެހި ރައްޔިތުން، އެހެންގޮތެއް ހޯދަން މަސައްކަތްކުރީމައި، ރައީސް ވަޙީދު ހިންގެވި ބަޣާވާތްމަތިން ދިވެހިން ހަނދާންނެތުނީއޭ ނުވަތަ މާފުކުރިކަމަށް، ރައީސް ވަޙީދު ހީފުޅުކުރައްވާކަމަށް ވެސް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ، ދިވެހި ރައްޔިތުން މާފެއްވެސް ނުކުރާކަމަށާއި، ދިރިއުޅުމަށް އެހެންގޮތެއް ހޯދަން ބޭނުންވުމުން ރައްޔިތުން ކުރިއަށްދިޔައީކަމަށެވެ.

”އަޅުގަނޑަށް ހީވަނީ ބާޣީ ވަޙީދަށް ހީވީހެން ދިވެހި ރައްޔިތުން އެހެންގޮތެއް ހޯދާންވެގެން މަސައްކަތްކުރީމާ އެ ދިވެހި ރައްޔިތުން ހަނދާންނެތުނީއޭ. ނުވަތަ މާފުކުރީއޭ. އިއްޒަތްތެރި ރައީސް އެ ބަޣާވާތް، ބާޣީ ވަޙީދު އިސްވެ ހުންނަވައިގެން އެ ކުރެއްވި ބަޣާވާތް އިއްޒަތްތެރި ރައީސް އެއްވެސް ހާލަތެއްގައި، އެއްވެސް ހާލަތެއްގައި އަޅުގަނޑުމެނެއް ދިވެހި އެއްވެސް ރައްޔިތަކު ހަނދާންނެތުނީކީއެއްނޫން. އަދި މާފުކުރީކީއެއް ވެސް ނޫން. ޢިއްޒަތްތެރި ރައީސް. އެހެންނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެން ދިރިއުޅުމަށް އެހެންގޮތެއް ހޯދާން ބޭނުންވީމާ، ކުރިއަށްދާން ބޭނުންވާތީވެ އަޅުގަނޑުމެން ކުރިއަށްދިޔައީ، އޭގެ މާނައަކީ، އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން މާފުކުރީއެކޭނޫން. އިއްޒަތްތެރިރައީސް. އައިޕެޑަކާ ދެ އޮރެންޖްދީފާ އަޅުގަނޑުމެން އިންސާފުން މަހުރޫމްކޮށްލިއެއްކަމަކު، އޭގެ މާނައަކީ އަޅުގަނޑުމެން މާފުކުރީއެކޭނޫން. އިއްޒަތްތެރި ރައީސް. އެ ބޭއިންސާފު، އެ ބޭއިންސާފަށް އިންސާފު އަދިވެސް އަޅުގަނޑުމެން ބޭނުން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން އެ މަސައްކަތްކުރާނަންވެސްމެ.“ އީވާ

އީވާ ވިދާޅުވީ، ރައީސް ވަޙީދާއި ދިމާއަށް ”ބާޣީ ވަޙީދޭ“ ޖައުފަރު ގޮވީ ކީއްވެގެންތޯ ބަލާކަށް ނުޖެހޭކަމަށެވެ. އަދި ޖައުފަރުގެ އަސާސީ ޙައްޤު ނިގުޅައިގަނެ، އޭނާއަށް އަނިޔާކުރިތާ މިހާރު 08 އަހަރުވެފައިވާކަމަށާއި، އަދިވެސް އިންސާފެއް ނުލިބޭކަމަށް އީވާ ވިދާޅުވިއެވެ.

މި ގޮތުން އިންސާފުނުލިބޭކަން ފާހަގަކުރައްވައި، އީވާ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން، ރައީސް ވަޙީދުއަށް ”ބާޣީ“ އޭ، ޖައުފަރު ގޮވީ ކީއްވެތޯ ބަލަން ޖެހޭނެކަމަށެވެ. އަދި 7 ފެބްރުއަރީގައި ހިނގި ބަޣާވާތާ ހަމައަށް މި މައްސަލަ ތަޙުޤީޤުކޮށްފައި ނޫނީ ހުއްޓާލައިގެން ނުވާނެކަމަށް ވެސް އީވާ ވިދާޅުވިއެވެ.

”ޢިއްޒަތްތެރި ރައީސް، އަޅުގަނޑު ދުށިން އެހެން ޢިއްޒަތްތެރި މެންބަރުންވެސް ފާހަގަކުރެއްވިހެން، އަޅުގަނޑުވެސް ދުށިން ފުލުހުން މި މައްސަލަ ބަލާނޭ ވާހަކަ ފުލުހުން ބުނި، ބަލަންޖެހޭނެ، ބަލަންޖެހޭނެ، ބަލާނިމޭއިރު ޖައުފަރު މީނައަށް ބާޣީ ގޮވީ ކީއްވެގެންތޯ ބަލަންޖެހޭނެ. އެ ބަޣާވާތާ ހަމައަށް ތަޙުޤީޤުކޮށްފަ ނޫނީ، ހުއްޓާލައިގެން ނުވާނެ ޢިއްޒަތްތެރި ރައީސް.“ އީވާ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އީވާ މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، މުޅި މަޖިލިސް އޮތީ އެމްޑީޕީގެ އެކްޓިވިސްޓްގެ ދިފާޢުގައިކަމަށް ބެލެވޭއިރު، އީވާގެ އިތުރުން ވެސް މެންބަރުންވަނީ، ޑރ. ވަޙީދަށް ބާޣީއޭ ވިދާޅުވެ ބަހުގެ ހަމަލާތައް ރައްދުކުރައްވާފައެވެ. އަނެއްބައި މެންބަރުން ރައީސް ވަޙީދު ހައްޔަރުކުރުމަށް ވެސް ގޮވާލަަަަަަަަައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: