ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ މުވައްޒަފަކަށް މިހާތަނަށް ކޮވިޑް-19 ނުޖެހޭ، ފެބްރުއަރީ މަހުން ފެށިގެން އެކި ލެެވެލްތަކުގައި ކަންކުރާނެގޮތް ވަނީ ރާވާފައި!

މުވައްޒަފުންނަަށް ހަނދާނީ ލިޔުން ދިނުމުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރުވެސް، ސްޓެލްކޯގެ މަސައްކަތުގައި އުޅުނު އެއްވެސް މުވައްޒަފަކަށް މިހާތަނަށް އެބަލި ޖެހިފައިނުވާކަމީީ މުޅި ކުންފުނި އެކަމަށްޓަކައި އުފާކުރާކަމެއް ކަމަށް މުޣުނީ ވިދާޅުވެއްޖެއެވެ.

މާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ލޮކްޑައުންވެގެން ތިބި މުވައްޒަފުން ލޮކްޑައުންއިން ދޫކޮށްލުމަށާއި ޚިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްސަ ހަފްލާއަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ކޮންމެ އަހަރަކުވެސް ސްޓެލްކޯގެ މަސައްކަތް އެންމެ ބުރަވާ ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނު ދުވަސްވަރުކަމަށެވެ. މިއަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ދިމާވީ ރޯދަ މަހާއި ކަން ފާހަގަކުރައްވާ މުޣުނީ ވަނީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މިދިޔަ ދުވަސްތަކުގައި އެއްވެސް ވަރަކަށް ކަރަންޓު ކަނޑައިގެން ގޮސްފައިނުވާތީ ކަމަށެވެ.

އާންމު ރައްޔިތުންނަށް ދޭން ބޭނުންވަ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވިއްޖެ ކަމަށް ގަބޫލުކުރަން. ވޭތުވެދިޔަ އަހަރުތަކަށް ބަލާލާއިރު ކުރީކޮޅު ހޫނު މޫސުމުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވޭ. މިއަހަރުގެ ހޫނު ދުވަސްވަރާއި ރޯދަ މަހާއި ދިމާވިއިރުވެސް، އެއްވެސް މައްސަލައެއް ނުޖެހި ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދެވުމަކީ އުފާކުރާކަމެއް.

މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ވަރަށް ދުރާލައި ކޮވިޑް-19ގެ ހާލަތަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން އެކި ލެވެލްތަކުގައި ކަންކަން ކުރާނެ ގޮތް ރާވާފައިވާނެ ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތަކަށް ގޮސްފިނަމަ ކަންކުރާނެ ގޮތުގެ އުސޫލުތައްވެސް ރޭވުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އަޅުގަނޑުމެން އޭރު ނިންމައިފިން ވައިޓް ލެވެލްގަ އަދި އެހެން ލެވެލްތަކުގައި ކަންކުރާނެ ގޮތް. އަދި ލޮކްޑައުންގެ ހާލަތަކަށް އޭރުން ފެށިގެން ތައްޔާރުވާން ފަށަައިފިން. އަޅުގަނޑަކަށް ހިއެއްނުވޭ އެހާ ކުރިން ފެށިގެން ލޮކްޑައުންގެ ހާލަތަކަށް ނޫނީ ރެޑް ލެވެލްއަށް އެއްވެސް ބަޔަކު ތައްޔާރުވިހެނެއް

 ކޮވިޑް-19ގެ  ލެވެލް އޮރެންޖަށް ދިއުމާއެކު, ކުންފުނީގެ މުވައްޒަފުންނާއި, އާންމުންގެ ރައްކާތެރިކަމަށްޓަކައި, އެކުންފުނިން އާންމުކޮށް ދެމުންއައި ބައެއް ހިދުމަތްތައް މެދުކަނޑާލައި, ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އެކަނިދޭން ނިންމައި, ސޭލްސް ސެންޓަރުގެ ހިދުމަތް ވަގުތީގޮތުން ހުއްޓާލެވުނުކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އަދި ލެވެލް ރަތަށް ދިއުމާއެކު, ކުންފުނިން ދޭންޖެހޭ ކަރަންޓާއި, ފެނުގެ އަސާސީ ހިދުމަތްތައް ފިޔަވާ އިތުރު ހުރިހާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑާލެވުނު ކަމަށާއި ކުންފުނީގެ އިމާރާތްތައް އެއްކޮށް ލޮކްޑައުންކޮށް ވަދެ ނިކުުތުން މަނާ ކޮށް, ކަރަންޓު ކެނޑުންފަދަ ކަމެއް ދިމާވެގެން ބޭރަށް ދާންޖެހޭ މުވައްޒަފުންގެ ޓެމްޕަރޭޗާ ޗެކުކޮށް, ވެހިކަލްތައް ޑިސްއިންފެކްޓް ކުރަން ފެށިަކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަދި މީޓަރު ނަގަން ގޭގެއަށް ދިއުމުގެ ބަދަލުގައި ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި, ޕްރިންޓްކޮށްފައިވާ ބިލްތަކުގެ ބަދަލުގައި އެެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ބިލުތައް ފިނުވަންވެސް ވަނީ ފަށާފައެވެ.

މީގެ އިތުރުންވެސް ގްރޭޓާމާލެ ރީޖަންއެކޭ އެއްގޮތަށް މިކުންފުނިން ހިދުމަތްދޭ ހުރިހާ އިންޖީނުގެއެއްގައިވެސް ވަނީ ކޮވިޑާއި ދެކޮޅަށް ފިޔަވަޅުތައް އަޅާފައި. އަދި ސަރުކާރުން ގުޅީ ފަޅުގައި ގިނަ މަސައްކަތްތަކެއް ކުރަން ރާވައި, އެތަނުގައި ގިނަ އަދަދެއްގެ ބިދޭސި މަސައްކަތްތެރިންތަކެއް ބޭތިއްބުމަށް ނިންމުމާއެކު, ގުޅީފަޅުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ޖުމްލަ 217 މުވައްޒަފުން ގްރޭޓަރ މާލެ އޭރިޔާގައި ސްޓެލްކޯގެ އެކި އޮފިސްތަކުގައި ލޮކްޑައުންވެގެން މަސައްކަތް ކޮށްފައިވާއިރު، އެހުރިހާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ލިޔުން ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: