މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމައްޖައްސާ ފިނޭންސް މިނިސްޓްރީން އެކަން އާއްމުކޮށްފިއެވެ.
މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ކުންފުނިތަކަށް ލިބިފައިވާ މާލީ ގެއްލުންތަކުގެ ސަބަބުން ވިޔަފާރިތަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެން ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓީޖީއެސްޓީއަށް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ.
ދިވެހި ރުފިޔާއިން ޓެކްސް ދެއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި، އޭޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ލުއިތަކެއް ދީ، ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައެޅިފައިވާ ތާރީހުގައި ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

