ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ސަރުކާރަށް: މަރުތަކުގެ މައްސަލަތައް ބަލަން ވީ ވަޢުދު ފެއިލް ވެއްޖެ، ކޮމިޝަންތައް ބޮޑު އިސްރާފެއް!

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތް ނޭނގޭ ގޮތްތަށް މަރާލާފައިވާ މީޙުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފް ހޯދައިދޭން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވީ ވަޢުދު ފެއިންވެއްޖެ ކަމަށާއި އަދި މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަންއަކީ ދައުލަތުން ކުރި ބޮޑު އިސްރާފެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ. 

އިދިކޮޅު ކޯޅިޝަނުން މިފަދައިން ބުނެފައި މިވަނީ ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ހެއްލެއް ލިބެން ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅީގެންނެވެ. 

މަރުތަކުގެ މައްސަލަތަކާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަން ވެގެން އެންމެ އަޑުހަރުކޮށް ގޮވީ ގެތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީޙުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފް ހޯދައިދޭނެ ވާހަކަ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ24 ގަޑިއިރު ތެރޭ މަރުތަކުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވި ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ. އަދި މަރުތަކާއި ގުޅޭ ހުރިހައި ކަމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އަޅުވައި ރައްޔިތުންނަށް އޮޅުވާލި ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވަނީ އިންސާފުން ބޭރުން ރައީސް ޔާމީން ޖަލަށް ލެވުނީމާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފް ހޯއްދަވައި ދެއްވުނީ ކަމަށް ރައީސް ސާލިޙް ގަބޫލުފުޅު ކުރެއްވީތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި މޭޑޭގެ މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވިހާ ހެކިތަކާއި ބެހޭ ގޮތުން ޝިޔާމް ސުވާލު ކުރެއްވިއެވެ. 

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންސާފު ހޯދައިދޭން މި ސަރުކާރުން ވީ ވަޢުދު ފެއިލްވެއްޖެ ކަމަށާއި އަދި ކޮމިޝަންތައް ހަދައިގެން ކުރީ ބޮޑު އިސްރާފެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންސާފް ހޯދައިދޭން މި ަރުކާރުން ވީ ވަޢުދުން ނުރެކެވޭނެ ކަމަށާއި އަދި ނަތީޖާ ނުނެރެވުނުއިރު2.3  މިލިޔަނަށްވުރެ ބޮޑު ހަރަދެއް ކުރީ ކީއްވެގެންތޯ ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި ބަލާނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: