ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކް އިދިކޮޅު ޕީޕީއެމްއާއި މިރޭ ގުޅިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑުވައިޒަރުގެ މަގާމަށް އައްޔަން ކުރަން ނިންމައިފިއެވެ.
ޑރ ވަހީދު 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ނައިބް ރައީސްއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން 202 ވަނަ އަހަރު ބަދަލު ވުމަށް ފަހު ޑރ ވަހީދު ވަނީ ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ވަޑައިގެންފައެވެ.
އެމްޑީޕީއާއި ރައީސް ނަޝީދުއަސް ތާއިދު ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޑރ ވަހީދު ރައީސް ކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރެއްވުމަށް ފަހުގައެވެ.

