ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 2238 އާއި ހަމައަށް އިތުރުވެއްޖެއެވެ.
މި ކަން ކަށަވަރުކޮށްދެއްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) އަންގާރަ ދުވަހުގެރޭ ހާމަކުރިގޮތުގައި އިތުރު 21 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އޭގެތެރޭގައި ހިމެނެނީ 12 ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ 07 މީހަކާއި އިންޑިއާ މީހަކާއި ނޭޕާލްގެ މީހެއްކަމަށް އެޗްޕީއޭއިން ރިޕޯޓުކޮށްފައިވެއެވެ. މި ގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 2238 ޕޮޒިޓިވްވެފައިވާކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ބައްޔަށް ފަރުވާހޯދަމުން އަންނަ މީހުންގެތެރެއިން އިތުރު 16 މީހަކަށް މިހާރު ޝިފާލިބިފައިވާ ކަމަށާއި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 1829 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެވެމުން އަންނަނީ ޖުމްލަ 396 މީހަކަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި 140 މީހުން އެބަތިބިކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި 318 މިހާރުވެސް އެބަތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

